ކޮރަޕްޝަން ހުރުމުން ޔާމީން ސަރުކާރުގެ ބައެއް މަޝްރޫއު ތަށް ވަނީ މަޑުޖައްސާލާފަ - ފައްޔާޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބައެއް މަޝްރޫއުތައް ވާނީ މަޑުޖައްސާލާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ފައްޔާޒް މިހެންވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބައެއް މަޝްރޫއުތައް މިހާރު މަޑުޖައްސާލާފައިވާކަމަށެވެ.
"މަޝްރޫއުތައް ހިންގުން ލަސްވި ނަމަވެސް ކަންކަން ކުރާނީ ޕްލޭނިިން މިނިސްޓްރީން ތައްޔާރު ކުރާ މާސްޓާ ޕްލޭނާ އެއްގޮތަށް މި ފިޔަވަޅު އަޅާފައި ވަނީ ސަރުކާރުގެ މާސްޓާ ޕްލޭނާ ދިމާވޭތޯ ބެލުމަށް " ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މަޝްރޫއުތަކުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން މިއީ ތަރައްގީގެ މަޝްރޫއުތައް ލަސްވާ ސަބަބެއް ކަމަށެވެ.
މީގެ އިތުރުން ބިޔަ މަޝްރޫއުތައް ރާއްޖެ ގެނައުމުގެ ބަދަލުގައި ރައްޔިތުންގެ ޖީބަށް ފަސޭހަ އިން ފައިސާ ވަންނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން ދަނީ ރާވަމުން ކަމަށް ފައްޔާޒު ފާހަގަ ކުރެއްވިއެވެ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ