އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ

ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ހިންގާ އިންސްޕެކްޝަންތައް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.
މި އިންސްޕެކްޝަންތައް ކުރިއަށްދަނީ ޓުއަރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން ނެވެ.
މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރައްނަ ފަށާފައިވާއިރު ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާތަނެއް 6 މަސްދުވަހާއި 8 މަސްދުވަހުގެ ތެރޭގައި އިންސްޕެކްޓްކޮށް ނިމޭނެކަމަށެވެ. އަދި މި އިންސްޕެކްޝަން ނިމިގެންދާއިރު ރާއްޖޭގައި ޙިދުމަތްދޭ ހުރިހާ ތަންތަނުގެ ހުރިހާ ކަމެއް ދެނަގަނެވޭނެކަމަށާއި، މިއީ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
ފަހަކަށް އައިސް ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި ހިނގާ ހިތާމަވެރި ހާދިސާތައް ގިނަވެފައިވާއިރު ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ތަނެއް ޤާނޫނާއި ޤަވައިދަށް އަމަލުކުރޭތޯ ބަލައި އިންސްޕެކްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން މިހާރު ޙާއްސަ ކޮމެޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ