ރައީސް ނަޝީދު ހައްދަވަނީ ބުހުތާން ބޮޑު ދޮގެއް! އެފަދަ އެއްވެސް ކަމެއް ހިނގާފަ ނުވާނެ ކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވާ!: މަބްރޫކް

"ރައީސް އަންހެނަކާއެކު ބަދުއަހްލާގީ އަމަލު ހިންގާ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ފޮނުވާފައިވާ ކަމަށް" ވިދާޅުވެ ރައީސް ނަޝީދު ހައްދަވަނީ ބޮޑު ދޮގެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ. 
"ރައީސް ނަޝީދު އެކުރައްވާ ތުހުމަތުތައް ރައީސް ޞާލިޙް ދޮގުކުރައްވާ! އަދި އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވާ! ވީމާ ރައީސް ނަޝިދު އެހައްދަވަނީ ބުހުތާން ބޮޑު ދޮގެއް" މަބްރޫކް ވިދާޅުވިއެވެ. 
މިކަމާއި ގުޅިގެން ޑރ. އިޔާޟް ވަނީ ޒިނޭގެ ދޮގުތުހުމަތުކުރާ މީހުންނަށް ދީނުގައި އޮތްގޮތް ބަޔާންކޮށް ދެއްވައިފައެވެ. 
"މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެ. ނުގެނެސްފިނަމަ ޤަޛްފުގެ ޙައްދު (އަށްޑިހަ އެތިފަހަރު) ޖަހަން ޖެހޭނެ. އަދި އެމީހަކީ ފާސިޤެއްކަމަށް ބަލައި އެމީހެއްގެ ހެކިބަސް ގަބޫލު ނުކުރެވޭނެ."
- ޑރ. އިޔާޟް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް ނަޝީދު، ރައީސް ޞާލިޙްގެ މައްޗަށް ކުރައްވާ ތުހުމަތުތަކާއި ގުޅިގެންނެވެ. ބަޔާން ކުރައްވާފައިއެވަނީ އަންނޫރު ސޫރަތުގެ 4 ވަނަ އާޔަތެވެ. ﷲ ތަޢާލާގެ ޙުކުމްފުޅެވެ. އަމުރުފުޅެވެ! 
"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފްކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." (އަންނޫރު: 4) 
ރައީސް ނަޝީދުކުރައްވާ ތުހުމަތު ޘާބިތުކޮށްދެއްވުމަކީ އެމަނިކުފާނަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ނޫންނަމަ ޢަމަލުކުރަންޖެހޭނީ މިއާޔަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ