ހުކުމްތަކުގައި ހިމެނޭ ފައިސާ ހުރިހާ ކޯޓަކުން ބަލައިގަންނަނީ

ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާއި އަމުރުތަކުގެ ދަށުން ދައްކަން ޖެހޭ ފައިސާތައް ކޮންމެ ކޯޓަކަށް ދެއްކުމުން ވެސް ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޯޓުތަކާއި އެ ކޯޓުތަކުގެ ބްރާންޗްތަކުން ކުރާ ހުކުމްތަކާއި އަމުރުތަކާއި އެންގުންތަކާއި ޗިޓްތަކުގެ ދަށުން ދައްކަން ޖެހޭ ފައިސާ އެ ޑިޕާޓްމަންޓަށާއި ރައްޖޭގެ ކޮންމެ ކޯޓަކަށް ވެސް ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކޯޓުތަކުން ހޯދައި ހިދުމަތްތަކާ ގުޅިގެން ދައްކަން ޖެހޭ ފީތަކާއި ބަހައްޓަން ޖެހޭ ޑިޕޮޒިޓް ވެސް ކޮންމެ ކޯޓަކަށް ދެއްކޭނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
މީގެ ކުރިން ފައިސާ ދައްކަން ޖެހެނީ އެ ހިދުމަތް ހޯދާ ނުވަތަ އެ ފައިސާއެއް ދައްކަން ހުކުމް ކުރާ ޝަރުއީ ކޯޓަށެވެ. ނަމަވެސް މިއަދު ނެރުނު ސާކިއުލާގައިވާ ގޮތުން ފައިސާ އަސްލު ލިބެންވީ ކޯޓު ނުވަތަ ބްރާންޗް ނޫން ކޯޓަކަށް ފައިސާ ދެއްކިޔަސް އެ ފައިސާ ބަލައިގަނެ އެ ފަރާތަކަށް ދޭން ޖެހޭ ހިދުމަތެއް ދިނުމަށް ކޯޓުތަކަށާއި ކޯޓުތަކުގެ ބްރާންޗަށް ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ