ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ނެއްލައިދޫ ރައްޔިތުން ނުކުމެ އަޑު އުފުލައިފި

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ނެއްލައިދޫ ރައްޔިތުން ނުކުމެ އަޑު އުފުލައިފިއެވެ.
ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ސުލްޙަވެރި ހިނގާލުމުގައި ނެއްލައިދޫގެ ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ވަނީ އަޑު އުފުލާފައެވެ. ނެއްލައިދޫ ކައުންސިލް ކުރިމަތިން ފެށި މި ހިނގާލުމުގައި އިސްކޮށް ތިއްބެވީ ނެއްލައިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ނާޠިމާއި ނައިބުރައީސް މުހައްމަދު އިލްހާމެވެ. މި ހިނގާލުމުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ރައްޔިތުން ތިބިކަން އަންގައިދޭ އެކި ޝިޔާރުތައް ހިމެނޭ ބޯޑުތައްބޭނުން ކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާތައް ވަގުތުން ހުއްޓާލުމަށާއި، އެ އަނިޔާ ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ހިނގާލުމުގެ ބައިވެރިންވަނީ ގޮވާލާފައެވެ.
ނެއްލައިދޫ ރައްޔިތުންނަކީ މިފަދަ ކޮންމެ ކަމެއްގައި އެއްބައިވަންތަ ބައެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ