އިންތިޚާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި ޕާޓީތަކަށް ފައިސާ ދޭން ނިންމަނީ

އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމާ ގުޅޭ ހިޔާލެއް ގެންގުޅުއްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މޯލްޑިވްސް ރިފޯމް މޯލްޑިވްސް (އެމްއާރުއެމް) ރަޖިސްޓްރީކޮށްދިން ކަމުގެ ލިޔުން ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕާޓީތަކަށް ދައުލަތުން އެހީދޭއިރު، ހަމައެކަނި މެމްބަޝިޕަށް ބެލުމުގެ ބަދަލުގައި އެހެން ގޮތްތަކެއް ވެސް ހަމަޖެއްސޭތޯ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނައުމަށް ވިސްނަމުންދާ ކަމަށެވެ.
އީސީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މެމްބަރުންގެ އަދަދު ކިތަންމެ މަދަސް އިދާރީ ހިންގުމަށް ދައުލަތުން ފައިސާގެ ވަކި މިންވަރެއް ދޭނެ އެވެ. ދައުލަތުން ޕާޓީތަކަށް ފައިސާ ދެނީ، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
މިހާރު އެ ކޮމިޝަންގެ ދަފްތަރަށް ބަލާއިރު އެ އަދަދަށް މެމްބަރުން ހަމަވާނީ އެންމެ ތިން ޕާޓީއެކެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ އެވެ.
އޮޑިިޓް ރިޕޯޓާއި މާލީ ބަޔާން މިހާރު ހުށަހަޅަމުން އަންނަނީ އީސީއަށް ނަމަވެސް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އޮޑިޓް އޮފީހަށް ރިޕޯޓު ފޮނުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ