ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހުގެ ވެރިއަކަށް ހޫދު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ހިންގުމުގެ އިސްވެރިއަކަށް ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓުގެ މަޤާމަށް އިބްރާހީމް ހޫދު ހަމަޖައްސައިފިއެވެ.
މިއަދު ރައީސް އޮފީހުގެ ވެބްސައިުގައި ބުނެފައިވަނީ މި ބަދަލާއެކު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓުމެންޓު ހިންގަވައި އެ ޑިޕާޓުމެންޓުގެ މަސައްކަތްތައް ވިލަރެސްކުރައްވާނީ ހޫދު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެ ކުރިން އެ އޮފީސް ހިންގެވި ބޭފުޅަކީ އެ އޮފީހުގެ ވެރިއަކަށް ހުންނެވި ޙަސަން އިސްމާއީލެވެ. އޭނާ މަޤާމުން ވަކިކުރަން ރައީސް ސޯލިހު ނިންމެވުމާ ގުޅިގެން އޭނާވަނީ އަމިއްލައަށް މަޤާމުން އިސްތިއުފާދެއްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމުގައި މިހާރު ހުންނަވަނީ އެންއީއޯސީގެ ތަރުޖަމާނެއްގެ މަޤާމުގައި ހުންނަވައި ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރު ދިފާޢުކުރެއްވި މަބްރޫކު އަޒީޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ