އަހަރެމެންގެ ހިމާޔަތުގަ ފިޔަވަޅު އަޅަން ނުކުރޭ ފިނޑިންގެ ހަމްދަރުދީ ބޭނުމެއް ނެތް!: ފަލަސްޠީން

ފަލަސްޠީނު ރައްޔިތުން ބުނަމުން ގެންދަނީ އެމީހުންނަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުން އެމީހުން ސަލާމަތްކުރަން އެމީހުންގެ ހިމާޔަތުގައި، ފިޔަވަޅު އަޅަން ނުކުރޭ އިސްލާމީ ވެރިންގެވެސް އަދި އެހެން ވެރިންގެވެސް ހަމްދަރުދީ ބޭނުންނުވާކަމަށެވެ. 
އުރުދުންގައި ހުރެ ފަލަސްޠީނުގެ ނޫސްވެރިއެއްކަމަށްވާ އަލްޠާރިޤް މިއަދުނޫހަށް މައުލޫމާތު ދެމުން މިއަދުވަނީ "އަހަރެމެން ދުނިޔެއަށް އުފަންވިއިރުވެސް އެ ހަމްދަރިދީއެއް ފޮނުވާ ވާހަކައިގެ އަޑުއިވޭ. ކުރާ ފައިދާ އެއް ނެތް. މިހާރު ދަރިން ލިބި ދަރިން ބޮޑެތިވަނީ! އަދިވެސް އިވެނީ އެ ހަމްދަރުދީގެ ވާހަކަ. އަޅެ މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ މާލާމާތެއް ނޫނީ ފުރައްސާރައެއްތަ؟" 
އަލްޠާރިޤް ބުނީ ފަލަސްޠީނު ރައްޔިތުންގެ ހިމާޔަތުގައި ފިޔަވަޅު އަޅަން ނުކުރޭ ފިނޑިންގެ ހަމްދަރުދީ ބޭނުމެއް ނުވާކަމަށެވެ. "އެންމެކުޑަމިނުން އެމެރިކާ އާ ގުޅުންކަނޑާލުމަކީވެސް ކުރެވިދާނެކަމެއް! އެމެރިކާތަ މުސްލިމުންނަށް ރިޒްޤްދެނީ! ﷲ ނޫންތަ ރިޒްޤް ދެއްވަވަނީ؟ ދެން އެމެރިކާ ދެކެ ބިރުގަނެ އަޅުވެތިވާންޖެހޭތަ؟"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ