ކްރިކެޓް ޓީމަށް ހޫނު މަރުހަބާއެއް

އޭސީސީ ޓްރޮފީ ޗެލެންޖްގެ ޗެމްޕިއަންކަން ހޮނިހިރު ދުވަހު ހޯދި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މިރޭ އެނބުރި އައުމުން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ކްރިކެޓް ޓީމް މާލެ އައިސް ފޭބުމާ އެކު ޖުމްހޫރީ މައިދާނުން މަރުހަބާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދެވެ. އަދި ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ކުރު ރަސްމިއްޔާތެއް އެ ތަނުގައި ވަނީ ބާއްވާފަ އެވެ.
އެއަށް ފަހު ލޮރީ ބުރެއް ބޭއްވި އެވެ. އަދި ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑަށް މަޑުކުރުމަށް ފަހު ކުޅުންތެރިން ގެއަށް ދިޔައީ ކޮންމެ ކުޅުންތެރިއަކަށް ހާއްސަކޮށްފައިވާ ކާރެއްގަ އެވެ.
އެއާޕޯޓުން ޓީމަށް މަރުހަބާ ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރު ހަސަން ލަތީފާއި ކުޅިވަރުގެ އިސް އަދި ފާހަގަ ކުރެވޭ ބޭބޭފުޅުންނެވެ.
އޭސީސީ ޓްރޮފީ ޗެލެންޖްގެ ފައިނަލުގައި ހޮނިހިރު ދުވަހު ސައުދީ އަރަބިޔާ އަތުން އެއް ވިކެޓުން މޮޅުވެ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކާމިޔާބުކުރި ތައްޓާއެކު، ކްރިކެޓުގައި ރާއްޖޭން ކާމިޔާބުކުރި އޭސީސީގެ މުބާރާތްތަކުގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ