މުލަކު ގެއެއްގެ ބިމު އަޑިން ދުން އަރަނީ، ސާންޕަލް ނަގައިގެން ޓެސްޓް ހަދަނީ

މ. މުލަކު ގެއެއްގެ ގޯތި ތެރޭގެ ބިމު އަޑިން ދުން އަރާތީ އޭގެ ސަބަބު ހޯދަން ސާންޕަލްތަކެއް ނަގައިގެން ޓެސްތްތައް ހެދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މުލަކު ގެއެއްގެ ބިމު އަޑިން ދުން އަރަމުންދާ މައްސަލަ އެއް ފުލުހުންނަސް ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުގެ ވަގުތެއްގައެވެ. އަދި އެކަން ފުލުހުންނަސް އެންގުމުން ފުލުހުން އެތަނަށް ގޮސް އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
ފުލުހުން ބުނެފައި ވަނީ އެ ސަރަހައްދަށް ފުލުހުން ގޮސް ބިމުގެ އަޑި ކޮނެ ބެލިއިރު ހޫނުކަން ހުރި ކަމަށެވެ. އަދި ބިމުގެ އަޑީގައި ހުރި ފެން ވެސް ހޫނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ބިން ހޫނުވެ ފެން ހޫނު ވުމުން އެއީ ފެނަކަ ކޯޕްރޭޝަންގެ މައްސަލަ އެއްގެ ސަބަަބުން ވީކަމެއްތޯ ބެލި ކަމަށާއި ނަމަވެސް އެފަދަ އެއް ވެސް ކަމެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބިމުގެ އަޑިން ދުން އަރަނީ ކަރަންޓުގެ މައްސަލައަކުން ނޫންކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.
މުލަކު ގެއެއްގެ ބިމު އަޑިން ދުން އަރަމުންދާތީ އެކަމުގެ ހަގީގަތް ހޯދުމަށް ފުލުހުންނާ އެމްޑީއެފް އަދި ފުލުހުންގެ އިތުރުން ޑިޒާސްޓާ މެނޭޖްމެންޓް ސެންތަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ފަރާތްތަކުން ވަކި ގޮތެއް އަންގަންދެން މުޅި އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ