ކޮވިޑް-19: ހަތަރު ރިސޯޓަކާއި 15 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފި

ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކާއި ސަފާރީތަކުން ފޭބުން މަނާ ކޮށްފައި އޮތުމަށް ފަހު، ހަތަރު ރިސޯޓަކާއި 15 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ މިއަދު ދީފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތު ދަށުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން ރަށްރަށަށް މީހުން ފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އެކަމަކު ފަހުން ވަނީ އެކަމުގައި ލުއިތަކެއް ދިނުމުގެ ގޮތުން އެންމެ ފަހު ޓޫރިސްޓު މީހާ ރިސޯޓުން ފުރާތާ 14 ދުވަސް ހަމަވުމަށް ފަހު އެޗްޕީއޭގެ ހުއްދަ ލިބިގެން ފޭބޭ ގޮތަށް ހަމަޖައްސައިފަ އެވެ.
މުވައްޒަފުން ފޭބުމުގެ ހުއްދަ މިއަދު ދިނީ މަލަހިނި ކުޑަ ބަނޑޮސް ރިސޯޓާއި ބްރެނިއާ ކޮއްޓެފަރު ރިސޯޓުގެ އިތުރުން ރަހާ ރިސޯޓާއި ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް ރިސޯޓަށެވެ. މިއީ، ރިސޯޓްތަކުގެ މީހުން ފޭބުން މިދިޔަ މަހު މަނާ ކުރި ފަހުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކުގައި 800 އަށް ވުރެ ގިނަ މީހުން ތިއްބަސް މިދިޔަ ދެ ދުވަހު މިހާތަނަށް 73 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިން 187 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް މިއަދު ނަގާފައިވާ ކަމަށާއި ނަތީޖާ ލިބުމާ އެކު ކަރަންޓީނުން ދޫކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހުން ފެނިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައި އޮތް ރިހިވެލި ރިސޯޓާއި ކޮންސްޓެންސް މޫފުށި ރިސޯޓް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން ދޫކޮށްލައި، އާންމު ހާލަތަކަށް ބަދަލުކޮށްފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކުގައި 800 އަށް ވުރެ ގިނަ މީހުން ތިއްބަސް މިދިޔަ ދެ ދުވަހު މިހާތަނަށް 73 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިން 187 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް މިއަދު ނަގާފައިވާ ކަމަށާއި ނަތީޖާ ލިބުމާ އެކު ކަރަންޓީނުން ދޫކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ދިވެހިންނެވެ. އެ ހަތަރު ދިވެހިން އަދި ރަނގަޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ