އިބޫއަށް އައްޑޫއިން ބޮޑު ތަރުހީބެއް!

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ފުރަތަމަ ކެމްޕެއިން ދަތުރުގައި ހުކުރު ދުވަހު އައްޑޫއަށް ވަޑައިގެންނެވިއިރު، އެ ސިޓީން އެމަނިކުފާނަށް ބޮޑު ތަރުހީބެއް އޮތްކަން ހާމަވެއްޖެއެވެ.
އިބޫ އާއި ގުޅިފައިވާ ޕާޓީތަކުގެ ޓީމް އައްޑޫއަށް ވަޑައިގަތީ، މުޅި ރާއްޖޭގައި ފެށުމަށް ނިންމާފައިވާ ގުޅިފައިވާ ޕާޓީތަކުގެ ދޮރުން ދޮރަށް ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުންނެވެ. އިބޫ އަށް މަރުހަބާ ދެންނެވުމަށްޓަކައި ގަން އެއާޕޯޓަށް 700 އަށް ވުރެ ގިނަ މީހުން އެއާޕޯޓަށް ދިޔަ އެވެ. 
މި ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫގައި ކެމްޕެއިން ޓީމްތަކާ އިބޫ ބައްދަލުކުރައްވާނެއެވެ. ދޮރުން ދޮރަށް ރަސްމީކޮށް ފަށާނީ ފޭދޫންނެވެ. އެއަށްފަހު ހުޅުދޫ އާއި މީދޫއަށް ވަޑައިގެން އެ ދެ ރަށުގައި ވެސް އެ ދުވަހު ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދިއުމާއި ކެމްޕެއިން ޓީމްތަކާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
Addu City in @ibusolih adhi campaign team ah hoonu maruhaba dhannavaifi #RiyaaseeRace2018 @Raajje_tv pic.twitter.com/3tvBC2Eyx5
ފުވައްމަލު ސިޓީއަށް އިބޫ ވަޑައިގަންނަވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގައެވެ. އަދި އެ ސިޓީގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމުގެ އިތުރަށް އެރަށުގެ ކެމްޕެއިން ޓީމްތަކާއި އިބޫ ބައްދަލުކުރައްވާނެއެވެ. އާދިއްތަ ދުވަހު ފުވަމުއްލަކުން އެނބުރި އައްޑޫއަށް ވަޑައިގެން މަރަދޫ އާއި ހިތަދޫގެ ގެތަކަށް އިބޫ ޒިޔާރަތްކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.
ކެންޑިޑޭޓޭއްގެ ގޮތުގައި ކަނޑައެޅި ފަހުން އިބޫ ވަނީ މާލޭ ސިޓީގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާފައެވެ. އެގޮތުން މާލެ އާއި ވިލިމާލެ އަދި އަންގާރަ ދުވަހު ހުޅުމާލޭގައި ވެސް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ