އޮފީސްތަކާއި އާންމު ޚިދުމަތްދޭ ތަންތަން މިއަދު އިންސްޕެންޓް ކުރަނީ

ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތާއި އޮފީސްތަކާއި އާންމު ހިދުމަތްދޭ ތަންތަން މިއަދުން ފެށިގެން އިންސްޕެކްޓް ކުރަން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މާދަމާގެ އިންސްޕެކްޝަންގައި ބަލާނީ ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން އާއްމު ކޮށްފައިވާ ގައިޑްލައިން ތަކާ އެއްގޮތަށް އަމަލު ކުރަމުން ގެންދޭތޯ ބަލާނެ ކަމަށެވެ.މީގެކުރިން އެޗްޕީއޭ އިން ވަނީ ހޮޓާ، ކެފޭ، އަދި ރެސްޓޯރަންޓުތައް ވެސް އިންސްޕެކްޓްކޮށްފައެވެ. އެ އިންސްޕެކްޝަންގެ ދަށުން ބައެއް ތަންތަން ބަންދުކޮށް 1000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.އެފަދައިން ޖޫރިމަނާ ކުރުމަށްފަހު ދެން އެތަން ހުޅުވޭނީ އެޗްޕީއޭ އިން ރަނގަޅު ކުރަން އަންގާ ކަންކަން ރަނގަޅު ކުރުމުންނެވެ.ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.  އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން ރަށްރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,649 އަރާފަ އެވެ. ރާއްޖޭގެ ނަންބަރު އިތުރުވަމުން ދިޔަނަމަވެސް މިދިޔަ މަހާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަހު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެއް ދުވަހެއްގައި 100 އިން މަތީގެ ނަންބަރެއް އައީ އެންމެ ދުވަހެއްގަ އެވެ. އެހެން ދުވަސްތަކުގައި ޕޮޒިޓިވް އަދަދު އުޅެނީ 100 އިން ދަށުގައެވެ.ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އޯގަސްޓް މަހާއި އަޅާ ބަލާއިރު އެދެވިގެންވާ ބަދަލުތަކެއް އަންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިިދިޔަ މަހު އިތުރުވެ ބެޑް އޮކިއުޕެންސީ 80 ޕަސެންޓްގައި ހުރި ނަަމަވެސް މިހާރު އެ އަދަދު ދަށްވެ ޖާގަ އިތުުރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.އޮގަސްޓް މަހުގެ ތެރޭގައި 12 މީހަކު މަރުވެފައިވާއިރު ސެޕްޓެންބަރު މަހުގެ ތެރޭގައި ކޮވިޑް ބަލީގައި އަދި މަރުވީ ފަސް މީހުންނެވެ. ނަމަވެސް ހަތަރު މީހަކު އެއް ހަފުތާގައި މަރުވުމަކީ ކަންބޮޑުވާން ޖެހުނު ކަމެއް ކަމަށް ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ