މިލަންދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ށ. މިލަންދޫގައި ދެ ޕިކަޕު ޖެހިގެން މިއަދު ހަވީރު ހިނގި އެކްސިޑެންޓެެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
އަނިޔާވި މީހާއަށް މިހާރު ދަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
އެރަށު ކައުންސިލް ނައިބް ރައީސް އަހުމަދު ޝިޔާމް "ވަގުތު"އަށް ވިދާޅުވީ، ރަށު ޕިކަޕަކާއި، ބޮޑު ޕިކަޕެއް ޖެހިގެން ހިނގި މިއެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ރަށު ޕިކަޕް ދުއްވަން އިން ދިވެހި މީހާއަށް ކަމަށެވެ.
ނަމަވެސް އޭނާއަށް އެއްވެސް ސީރިއަސް އަނިޔާތަކެއް ވެފައިނުވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
"އޭނާއަށް ނެތް މާބޮޑެތި އަނިޔާއެއް ވެފައި. ރަށު ޕިިކަޕާއި ބޮޑު ޕިކަޕާއި ޖެހުނީ އަނިޔާވެފައި ވަނީ ރަށު ޕިކަޕުގައި ދުއްވަން އިން މީހާއަށް އޭނާގެ ބޯ ފަޅައިގެން ދިޔައީ. އެ ޕިކަޕް ފަހަތުގައި އިން ބަންގްލަދޭޝް މީހާއަށްވެސް އަނިޔާވި އެ ދެ ޕިކަޕް ޖެހުނު ގަޑީގައި ބަންގްލަދޭޝް މީހާ ޕިކަޕުން ވެއްޓިފައި އޮތީ، ދެން އޭގެ ތެރެއިން ގޭސްފުޅި ގޮސް އޭނާގެ ބުރަކަށީގައި ޖެހުނީ". އެރަށު ކައުންސިލް މެންބަރު އާތިފް ވިދާޅުވިއެެވެ.
ޝިޔާމް ވިދާޅުވީ، މި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވި މީހާ މިރޭ ސިއްހީ މަރުކަޒުން ދޫކޮށްލާނެ ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ އެއްް ކުންފުންޏެއްގެ ދެ ޕިކަޕް ޖެހިގެންނެވެ. މި ހާދިސާގައި ދެ އުޅަނދަށްވެސް ކޮންމެވެސް ވަރަަކަށް ވަނީ ގެއްލުން ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ