އެފްޕީއައިޑީގެ މައްސަލަ ބަލައިދޭން އަމިއްލަ ފަރާތަކުން އޭސީސީ އަށް

މީގެ 27 އަހަރު ކުރިން، ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ ބަލައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ ބަލައިދޭން އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައި ވީ ނަމަވެސް ކޮމިޝަނުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.
އޭސީސީ އަށް ހުށަހަޅާ މައްސަލަތަކުގައި އާއްމު އުސޫލަކީ، ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅުމުން އެއީ ބެލޭނެ ނުވަތަ ނުބެލޭނެ މައްސަލައެއްތޯ ވަޒަން ކުރުމެވެ. މައްސަލައާ މެދު ކޮމިޝަންގެ މެމްބަރުން ގޮތެއް ނިންމަނީ އެ އިވެލުއޭޝަނަށް ފަހު އެވެ.
ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް، އެފްޕީއައިޑީ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ބެލި އެވެ. އެކަމަކު 2018 ގައި ޔާމީންގެ ވެރިކަން ބަދަލުވިއިރު ވެސް އެ މައްސަލައާ މެދު ނިންމި ގޮތެއް އާއްމެއް ނުކުރެ އެވެ.
އެފްޕީއައިޑީގެ މައްސަލަ ފަޅާއެރީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި 1990 ގަ އެވެ. މި މައްސަލައިގައި އޭރުގެ ޓްރޭޑް މިނިސްޓަރު އަދި އެސްޓީއޯ އާއި އެފްޕީއައިޑީ ހިންގެވުމުގައި އިސްކޮށް ހުންނެވި އިލްޔާސް އިބްރާހިމް، ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަތެވެ. އޭގެ އެންމެ ބޮޑު ތުހުމަތެއް އޭރު މައުމޫންގެ ޅިޔަނު އިލްޔާސް އިބްރާހީމްގެ އިސްތަށިފުޅުގައި އެޅުވިޔަސް އިލްޔާސްއާ ދެކޮޅަށް ޝަރީއަތެއް ހިންގާފައެއް ނުވެ އެވެ.
އެކަމަކު އެފްޕީއައިޑީގެ އެހެން ދެ ވެރިއެއްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ އަރުވައިލި އެވެ. އޭގެ ފަހުން އިލްޔާސް ވަނީ އަލުން މައުމޫން ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.
އެފްޕީއައިޑީއާ ހިލާފަށް އެއާ މޯލްޑިވްސްއާ މެދު އޭރު ބޮޑަށް ވާހަކަ ދެކެވުނީ މެނޭޖްކުރުމުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ބަނގުރޫޓުވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ