ކޮވިޑް-19: އިތުރު 90 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 90 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.
މިއަދު އިތުރު 78 މީހަކު ވަނީ ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދަކީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ފައްސިވި މީހުންނަށް ވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރުވި ފުރަތަމަ ދުވަހެވެ.
މިއަދު ކޮވިޑް-19 އިން ރަނގަޅުވި މީހުންނާއި އެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 3010 އަށް އަރާފައެވެ. ނަމަވެސް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު ބަލި ޖެހިފައި 2540 މީހުން އެބަތިއްބެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް 22 މީހަކު ވަނީ ނިޔާވެފައެވެ.
ޖުލައި މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުުރުވާން ފެށުމުން މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރު ކުރިތާ މިއަދު ވަނީ ދެހަފްތާ ވެފައެވެ. ނަމަވެސް އަދި ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ