ގެރެންޓީއާ ނުލާ ސަރުކާރުގެ ކުންފުނިތަކުން އެޑްވާންސަށް ފައިސާ ދެވޭގޮތް ހަދައިފި

ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު، ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ކޮންޓްރެކްޓަރަށް އެއްވެސް ގެރެންޓީއަކާ ނުލާ އެޑްވާންސަށް ފައިސާ ދެވޭ ގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފިއެވެ.
މާލިއްޔަތު ގަވައިދަށް 2020 އޮކްޓޯބަރުގައި ގެނައި އިސްލާހުގައިވާ ގޮތުން، މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދޫކުރާނަމަ، ޕޭމަންޓް ގެރެންޓީއެއް ސަރުކާރުން ހޯދަން ޖެހެއެވެ. އެ ގަވައިދުގައިވާ ގޮތުން، އެ ގެރެންޓީ ވާން ޖެހޭނީ ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ މުއައްސަސާއަކުން ދޫކޮށްފައިވާ ގެރެންޓީއަކަށެވެ.
އެހެންނަމަވެސް، އިއްޔެ ފިނޭންސް މިނިސްޓްރީން ގެޒެޓުކޮށްފައިވާ މާލިއްޔަތު ގަވައިދުގައިވާ ގޮތުން، ބީލަމަށް ނުލާ ހިންގާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދިނުމުގައި މިނިސްޓަރުގެ ހުއްދައާ އެކު، ގެރެންޓީ ނެތި ފައިސާ ދެވޭނެއެވެ. އެފަދަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކަކީ:
އިއްޔެއިން ފެށިގެން މާލިއްޔަތު ގަވައިދަށް ގެނައި މި އިސްލާހަށް ވަނީ އަމަލުކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ