ފައިސާ ނުދޭ ތުހުމަތު ފެނަކައިން ދޮގު ކޮށްފި

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ މަސައްކަތްތައް ހަވާލު ކުރާ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ހިފަހައްޓާ ކަމަށް ބުނެ އަމާޒުވެފައިވާ ތުހުމަތުތައް އެ ކުންފުނިން ދޮގު ކޮށްފި އެވެ.
ފެނަކައިން ފައިސާ ނުދޭ ކަމަށް ބުނާ ކޮންޓްރެކްޓަރުންނާ ހަވާލާދީ، މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ފެނަކައިން މިހާރު ވެސް 60 އެއްހާ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކާ ވެއެވެ. އެ އަދަދު 10 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ.
ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ބަހަކާ ނުލައި އައި އެ ހަބަރުތަކަކީ ކުންފުންޏާމެދު އާއްމުންގެ މެދުގައި ޝައްކާއި ވަހުމް އުފެއްދުމުގެ އަމަލެއް ކަމަށެވެ. އަދި އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ ދޭން ޖެހޭ ފަރާތްތަކަށް ފައިސާ ދެމުން އަންނަ ކަމަށެވެ.
އެ ކުންފުނީގެ ފަރާތުން ހިންގާ މަޝްރޫއުތަކުގައި، ކުންފުންޏާއެކުވާ އެއްބަސްވުމަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގައި، އެފަރާތަކަށް ލިބެން ޖެހޭ ފައިސާ އެއްބަސްވުމަށް އަމަލު ކުރާ ކޮންޓްރެކްޓަރުންނަށް އުސޫލުގެ ތެރެއިން ފައިސާ ދޫކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ