ރައްޔިތުންގެ ކަންބޮޑުވުންތައް އިއްވަން ފެށުމުން ހުއްޓުވަނީ ފުލުސް ބެރިކޭޑްތަކުން: ރައީސް ޔާމީން

ރައްޔިތުންގެ ކަންބޮޑުވުންތައް އިއްވަން ފެށުމުން އެކަންކަން ހުއްޓުވަނީ ފުލުސް ބެރިކޭޑްތަކުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.ރައީސް ޔާމީން މިގޮތަށް ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޔާމީންގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ އުދާސްތައް މިހާރު ހިފަހައްޓުވަނީ ފުލުސް ބެރިކޭޑުތަކުން ކަމަށެވެ. އެމަނިކުފާނު އިޝާރާތް އެ ކުރައްވަނީ އެއްވުމުގެ ހައްގު ހިފަހައްޓަވާފައިވާ ހިފެހެއްޓުމަށެވެ.ސަރުކާރުން ވީ އެއްވެސް ވައުދެއް ނުފުއްދިވީނަމަވެސް މިހާރުވެސް އަމާޒު ހިފާފައިވަނީ ކުރިއަތް 2023 ގެ އިންތިހާބަށް ކަމަށާ ރައީސް އުޅުއްވަނީ މީޑިއާތަކާއިވެސް ދުރުން ފިއްލަވައިގެން ކަމަށް ވިދާޅުވިއެވެ.ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ ވަރަށް ބޮޑެތި ވައުދުތައް ރައްޔިތުންނަށް ވެވަޑައިގަތުމަށްފަހުގައެވެ. އެހެން ނަމަވެސް ވެރިކަމުގެ 4 ވަނަ އަހަރު ގުނަމުންދާއިރުވެސް ގިނަ ވައުދުތައް ނުފުއްދެއެވެ. 100 ދުވަސް ތެރޭގައި ކުރައްވަން ވައުދުވި ބައެއް ކަންކަންވެސް އަދިވެސް ނުނިމެއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން ރައީސް ސޯލިހް އަބަދުވެސް ވިދާޅުވަނީ ކަންކަން ނުވަނީ ކުރީސަރުކާރުގެ ސަބަބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ