އެމްޑީޕީން އުނގޫފާރު ދާއރާގެ ގޮޑިއަށް ވާދަ ކުރާނެ ކަމަކަށް ހިޔެއް ނުކުރަން: މަހުލޫފް

ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ހާދިސާ ގުޅިގެން ޑިސެންބަރު އެކެއްގައި އޮންނަ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނޭ ކަމަށް ހީ ނުކުރައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕް މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓް ކަމަށްވާ ޑރ. އަފްރާޝީމްގެ ކޮއްކޮ އިބްރާހީމް އަމީންގެ ކެމްޕޭނަށް ފުރުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން މަހުލޫފު ވިދާޅުވީ ޑރ. އަފްރާޝީމް 47 ވޯޓުގެ ތަފާތަކުން މަޖިލީހަށް އިންތިހާބު ވެފައި ވީނަމަވެސް މިފަހަރުގެ އިންތިހާބު ބޮޑު ތަފާތަކުން ޕީޕީއެމްއަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ޝަހީދު ކޮށްލެވުނު މީހެއްގެ ގޮނޑިއަށް މިވަރަށް އެމްޑީޕީން ހިފާތީ އަޅުގަނޑުމެން ދެރަވެ ހިތާމަ ކުރަން. އަދި އަޅުގަނޑުމެން ހީކުރީވެސް މި ގޮނޑިއަށް އެމްޑީޕީން ވާދަ ނުކުރާނެ ކަމަށް،" އެމްޑީޕީއަށް ފާޑުވިދާޅުވަމުން މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފްގެ އިތުރުން މި ކެމްޕޭން ދަތުރުގައި ބައިވެރިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފް އާއި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ