ޓެލެވިޒަން ބަތަލާ ޖެނިފާ ކައިވެނިކުރަން އުޅޭކަމުގެ އަޑުތަކެއް
އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ބަތަލާ ޖެނިފާ ވިންގެޓް، ސިންގަޕޫރުގެ ވިޔަފާރިވެރިޔަކާ ކައިވެނިކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. ސިންގަޕޫރަށް ނިސްބަތްވާ ލޯބިވެރިޔާގެ ނަމަކީ، އިޝްމާއިލް ވިލިއަމްއެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ދާދިފަހުން ދެ މީހުން އެކީގައި ހޭދަކުރި ޗުއްޓީ ދަތުރެއްގައި ވިލިއަމް ވަނީ ޖެނިފާ ގާތު އިންނަން އަހާފައެވެ. ވިލިއަމްގެ ކައިވެނީގެ ހުށަހެޅުން ޖެނިފާ ގަބޫލުކުރުމާ އެކު މި ކައިވެނީގެ ތައްޔާރީތައް ފެށުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ވެސް ހިންދުންސްތާން ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. ކައިވެނި ކުރާނެ ތާރީހެއްގެ ގޮތުގައި ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރާއި އޮކްޓޯބަރާ ދެމެދު ނުވަތަ ޑިސެމްބަރާއި ޖެނުއަރީއާ ދެމެދު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޖެނިފާގެ ލޯބިވެރިޔާ ކަމަށް މީޑިއާތަކުން ބުނެފައިވާ އިޝްމާއިލް ވިލިއަމް--ފޮޓޯ/އިންސްޓަގްރާމް "ދިލް މިލް ގަޔޭ"، "ސަރަސްވަތީޗަންދްރާ" އަދި "ބޭހަދު" ފަދަ މަގުބޫލު ޑްރާމާތަކުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ބަތަލާ މީގެ ކުރިން ކައިވެނިކުރީ އެކްޓަރު ކަރަން ސިންގް ގްރޯވާާއެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނީ "ދިލް މިލް ގަޔޭ"ގެ މަސައްކަތުގެ ތެރެއިންނެވެ. ދެ ތަރިންގެ ކައިވެންޏަށް ދެ އަހަރުވީތަނާ އެ ކައިވެނި ވަނީ ރޫޅިފައެވެ. އޭގެފަހުން ކަރަން ވަނީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫއާ ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް އަންހެން ކުއްޖަކުވެސް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ