ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުގެ ރަސްމިއްޔާތަށް، އެ ރޭ ދޮޅު ގަޑިއިރަށް އެ އެއާޕޯޓުގެ ވައިގެ ސަރަހައްދު ބަންދުކުރަން އެމްއޭސީއެލްއިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އާ ޓާމިނަލް ރަސްމީކޮށް ހުޅުވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އެ ކަމަށްޓަކައި އެމްއޭސީއެލްއިން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ބުނީ ކީކޭ؟ - އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ އާ ޓާމިނަލް ހުޅުވާ ރޭ 8:30 އިން 10އަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގަޑީގައި ރަސްމިއްޔާތު ބާއްވަން ނިންމީ އެއީ އާންމުކޮށް ރާއްޖެއަށް ފްލައިޓު ނުޖައްސާ ގަޑިއަކަށް ވާތީ ކަމަށެވެ. ނަމަވެސް ބޮޑު ރަސްމިއްޔާތެއް އޮންނާތީ ނޮޓަމްއެއް ނެރެ، އެކަން އިއުލާން ކުރަން ޖެހޭ ކަމަށެވެ.
އެ ގަޑީގައި ވައިގެ ސަރަހައްދު ބަންދުކުރި ނަމަވެސް، އެއާޕޯޓުގެ އެހެނިހެން އާންމު އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
އާ ޓާމިނަލް ހުޅުވާ ރޭ ދޮޅު ގަޑިއިރަށް ވައިގެ ސަރަހައްދު ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ