މިވާހަކަ އެކި ޢިބާރާތުން ވަރަށް ގިނައިން ކިޔައި ދެވެއެވެ. އެއީ ބިރުވެތިވެ ކިޔަމަންތެރިވާ އަޅުންނަށް ހިތްވަރުދިނުމުގެ ބޭނުމުގައެވެ. ކޮންމެ ޢިބާރާތަކުން ބުނިނަމަވެސް ޤަބޫލުކުރަން އޮތް ކަމަކީ ނަރަކައަށް ވަންނަން ޖެހޭނީ ބިރުވެތިވެ ކިޔަމަންތެރި ނުވި މީހުންނަށް ކަމެވެ.
ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތާ ބައްދަލުކުރަންޖެހޭނެތެވެ. އެވަޤުތުގައި އެންމެ ހެޔޮލަފާ މީހުންނަށްވެސް އެމީހަކު ކުޅަ ފާފަތައް ދައްކަވާނެތެވެ. އެގޮތުން އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާ އަޅުންނަށްވެސް ދައްކަވާނެތެވެ. އެފާފަތައް ކުރިންތޯ ސުވާލުކުރައްވަވާނެތެވެ.
ފާފަތައް ކުރިކަމަށް އެމީހާ އިޢުތިރާފްވަމުންދާނެތެވެ. އެގޮތަށް ކަންތައްތައް ވަމުން ގޮސް އެމީހާއަށް އެމީހާއަށް ކުރެވުނު ފާފަތައް ގިނަކަމުން ސުވަރުގެ ނުވައްދަވައިފާނެކަމަށް ބިރުގަނެ މާޔޫސްވާ ޙާލަތަށް ކަންކަން ދާނެތެވެ.
އެވަޤުތު ތިމާއަށް ބިރުގަނެވޭނެ މިންވަރާއި ލަދުވެތިވާންޖެހޭނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ! ދުނިޔޭގައި ހުރެ ތިބާ ހެޔޮ ޢަމަލުތައްކުރީއެވެ. ﷲ ތަޢާލާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެދުވަހަކީ އެކަމުގެ ފޮނި ނަތީޖާ ފެންނަން އޮތް ދުވަހެވެ.
އެކަމަކު ތިބާކުޅަ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވައި ސުވަރުގެ ވައްދަވަންދެން ހުންނަން ޖެހޭނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެޙާލުގައި ހުއްޓާ ތިބާގެ ޢަމަލުތަކުގެ ޙިސާބު ބައްލަވާ ވަޤުތުގައި ކުރިން މިބަޔާންކުރި ފަދަ ޙާލަތު ކުރިމަތިވުމުން ދެން ގަންނަން ޖެހޭނެ ބިރާއި ގަންނަންޖެހޭނެ ލަދަށް ބިރުވެތިވާންވީ މިއަދުއެވެ.
އެއްވެސް މީހަކީ ފާފަކުރުމުން ސަތޭކައިން ސަތޭކަ ސަލާމަތްވެވޭނެ މީހެއް ނޫނެވެ. ނަމަވެސް ފާފަކުރުން މަދުކުރަން މަސައްކަތް ކުރެވިއްޖެނަމަ މިބަޔާންކުރި ޙާލަތުން އަރައިގަންނަން ފަސޭހަވެގެންދާނެއެވެ. އެކަން ޙާޞިލްކުރެވޭނީ ހަަމ އެންމެ ﷲާފައެއްވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރެވިއްޖެނަމައެވެ.
މިކިޔައިދިން ޥާހަކަތައް މި ޙަދީޘްފުޅުން އެނގިގެންދާނެއެވެ.
It was reported that Ibn ‘Umar said: I heard the Prophet (peace and blessings of Allaah be upon him) say: “The believer will be brought close to his Lord until He conceals him and makes him confess his sin. Allaah will say, ‘Do you remember such and such a sin?’ The man will say, ‘Yes, I admit it.’ The Lord will say, ‘I concealed it for you in the world and I forgive you for it today.’ Then He will close up his record of good deeds. As for the others or the Kuffaar, it will be called out before the witnesses, ‘These are the ones who disbelieved in their Lord. The curse of Allaah is upon the wrongdoers.’”
(Narrated by al-Bukhaari, 4408; Muslim, 2768).
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތާ ބައްދަލުކުރަންޖެހޭނެ ހިނދު ލަދުންނާ ބިރުން ގޮތްހުސްވެ ކަރުއެލުވާލަން ނުޖެހޭނެ މީހަކަށްވާން މަސައްކަތްކުރުން! އެންމެ ފައިދާހުރި ގޮތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ