"ހިންމަތުވާލާ" ގެ ޓްރެއިލާ ލޯންޗްކޮށްފި

ސާޖިދު ހާން ޑައިރެކްޓްކޮށް، އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެފައިވާ "ހިންމަތުވާލާ" ގެ ފުރަތަމަ ޓްރެއިލާ ލޯންޗްކޮށްފި އެވެ.
މާޗް މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެފައިވާ "ހިންމަތުވާލާ" އަކީ 1983 ވަނަ އަހަރު ޖީތެންދްރާ އާއި ސްރީ ދޭވީ ލީޑް ރޯލުން ފެނިގެން ކާމިޔާބް ފިލްމް "ހިންމަތުވާ" ގެ ރިމެކިންއެކެވެ. މި ފިލްމްގެ ބަތަލާއަކީ ތަމަޅަ އެކްޓްރެސް ތަމަންނާ އެވެ.
އަޖޭ އާއި ތަމަންނާގެ އިތުރުން "ހިންމަމަތުވާލާ" ގައި ޒަރީނާ ވައްހާބް، އަދިޔަމަން ސުމަން، މަހޭޝް މަންޖްރޭކަރު އަދި ޕަރޭޝް ރާވަލް މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.
ފިލްްމްގެ ޓްރެއިލާ އާންމު ކުރުމަށް މިއަދު މުމްބާއީގައި ބޭއްވި ކުލަގަދަ ހަފުލާގައި ސާޖިދު ބުނީ ކުރީގެ ފިލްމާ މި ފަހަރުގެ ފިލްމާ ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށެވެ.
އެގޮތުން މި ޒަމާނަށް ފެތޭ ގޮތަށް ފިލްމްގެ ބައެއް ކަންކަން ބަދަލުކޮށްފައިވާ ކަމަށް "ހެއި ބޭބީ" އާއި "ހައުސްފުލް" ފްރެންޗައިޒްގެ ޑައިރެކްޓަރު ބުންޏެވެ. އެހެން ނަމަވެސް ދެ ފިލްމްގެ ޕްލޮޓަކީ ހަމަ އެކައްޗެއް ކަމަށް ސާޖިދު ބުންޏެވެ.
ޔޫޓީވީ އާއި ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓް އެންޑް ފިލްމްސް ގުޅިގެން ޕްރޮޑިއުސް ކުރި "ހިންމަތުވާލާ" ގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި ޔޫޓީވީގެ ސީއީއޯ އަދި ވިދިޔާ ބާލަންގެ ފިރިމީހާ އާއި ވާޝޫ ވެސް ބައިވެރިވި އެވެ.
މި ފިލްމްގައި ވަނީ "ޑިސްކޯ ގާލް" ގެ ނަމުގައި ސޮނާކްޝީ ސިންހާގެ އައިޓަމް ލަވައެއް ވެސް ހިމަނައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ