ޤައުމީ ޓީމުގެ ސްކޮޑުން ބާކީކުރި އަހްމަދު އައިހަމް މައާފަށް އެދެފި

ޤައުމީޓީމުގެ ސްކޮޑަށް ނަގާފައިވަނިކޮށް ފުޓްސަލް މުބާރާތުގައި ކުޅުމުން ޤައުމީޓީމުން ބާކީކުރި އަހުމަދު އައިހަމް (ފަތޯ) މައާފަށް އެދިއްޖެއެވެ.
އައިހަމް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤައުމީޓީމާއި އެފްއޭއެމާއި އަދި ސަޕޯޓަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭަކަމަށާއި، އޭނާއަށް ކުރެވުނީ ގޯސްކަމެއް ކަމަށާއި، އެކަމުގެ ޒިންމާ ނަގާކަމަށެވެ. އަދި މިކަމުގައި އަމަލުކުރެވުނީ ޤައުމީ ޓީމުގެ ކުޅުންތެރިއެއް އަމަލުކުރަންޖެހޭ ބީދައިން ނޫންކަމަށާއި، ހެދުނު ގޯހުން ފިލާފަޅެއް ދަސްވެއްޖެކަމަށެވެ.
އެގޮތުން އައިހަމް ބުނީ އަމަލުކުރެވުނު ގޮތުން އޭނާގެ ފަރާތުން ގެއްލިގެންދިޔަ އިތުބާރާއި ޔަގީންކަން ހޯދަން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނޭކަމަށްވެސް ބަޔާނުގައި ބުންޏެވެ.
އައިހަމްގެ ބަޔާން
އައިހަމް ސްކޮޑުން ބާކީކުރީ ހުއްދަ ނުހޯދައި ފުޓްސަލް މުބާރާތެއްގައި ކުޅެންދިއުމުންނެވެ. އައިހަމް ކުޅުނީ ހއ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގައި އޭނާގެ އުފަންރަށްކަމަށްވާ އުތީމު ޓީމަށެވެ.
އައިހަމް މައާފަށް އެދުމުން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެހެން ފަރާތްތަކުންވެސް ދަނީ އައިހަމް އަމިއްލަ ކުސް ޤަބޫލުކޮށް މައާފަށް އެދުނީތީވެ، ދެވަނަ ފުރުސަތެއް އޭނާއަށް ދޭންޖެހޭކަން ފާހަގަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ