މުލަކު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު ސަލާމް

2017 ވަނަ އަހަރު މުލަކު ސްކޫލުން ހުރިހާގޮތަކުން އެންމެމޮޅު ދަރިވަރަކަށް މުޙައްމަދު ސަލާމް ޠާހާ ހޮވިއްޖެއެވެ.
މުލަކު ސްކޫލްގެ 2017 ވަނަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެސްކޫލުން އެކިގޮތްގޮތުން ފާހަގަކުރެވުނު ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. މިގޮތުން ވަކިވަކި މާއްދާތަކުންނާއި، ކްލާސްތަކުންނާއި، ޖީސީއީ އޯލެވެލް އިމްތިހާނުން ފާހަގަކުރެވުނު ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.
2017 ވަނަ އަހަރު އެސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މިދިޔަ އަހަރު އެސްކޫލްގައި ތަޢުލީމް ހާޞިލްކުރު މުޙައްމަދު ސަލާމް ޠާހާއެވެ. އޭނާއަށް އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލު ކޮށްދެއްވައި، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސެންޓްރަލް އެޑިއުކޭޝަން ޔުނިޓް ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުލް މުހައިމިނު ނަސީރެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސެންޓްރަލް އެޑިއުކޭޝަން ޔުނިޓް ހިންގެވުމާ ހަވާލުވެހުންނެވި އަބްދުލް މުހައިމިނު ނަސީރު ވިދާޅުވީ، މުލަކު ސްކޫލް ފާހަގަކުރެވެނީ ސްކޫލާ މުޖުތަމައުއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ސްކޫލެއްގެ ގޮތުގައިކަމަށެވެ.
2017 ވަނަ އަހަރު މުލަކު ސުކޫލްގައި 286 ދަރިވަރުން ތަޢުލީމު ޙާޞިލް ކޮށްފައިވާއިރު، 17 ދަރިވަރަކު އެސްއެސްސީ އިމްތިޙާނު ހަދާފައިވެއެވެ. އަދި ބިޒްނަސް ސްޓްރީމާއި ސައިންސް ސްޓްރީމާ އެކު ޖުމްލަ 11 ދަރިވަރަކު އޯލެވެލް އިމްތިޙާނު ހަދާފައިވެއެވެ. މީގެ އިތުރުން ބީޓެކް ޕްރޮގްރާމްގައި 6 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މުލަކު ސްކޫލްގެ 88 ޕަރސެންޓް ދަރިވަރުން 2017 ވަނަ އަހަރު 5 މާއްދާއިން ފާސްވެފައިވެއެވެ. މިއީ 2016 ވަނަ އަހަރާ ބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ