ޗިނާއިން ކުރަމުން އަންނަ އުމްރާނީ މަސައްކަތްތައް ހުއްޓުވާލައި އެ އެގްރީމަންޓުތައް އުވާލައިގެންނުވާނެ: ރައީސް ނަޝީދު

ޗައިނާއިން ދިވެހިރާއްޖޭގައި ކުރަމުން އަންނަ އުމްރާނީ މަސައްކަތްތައް ހުއްޓައި އެ އެގްރީމަންޓުތައް އުވާލައިގެން ނުލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 'ޑަބްލިއުއައިއޯއެން ނިއުންސް' އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދުވިދާޅުވީ ކޮންސްޓްރަކްޝަން ކޮންޓްރެކްސްޓްތައް މެދުތެރެއިން ހުއްޓުވައިނުލެވޭނެކަމަށެވެ.
"އެ ކޮންޓްރެކްޓްތައް ކުރިއަށް ގެންދަންޖެހޭނެ. އެ ކޮންޓްރެކްޓުތައް މެދުތެރެއިން ހުއްޓުވައެއް ނުލެވޭނެ. އޭގެން އެއްވެސް މީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެ. ނަމަވެސް ދުވަސް ނިމޭއިރު ބިލު ދައްކަން މިޖެހެނީ އަޅުގަނޑުމެންނަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ޗައިނާއަށް ދިވެހިރާއްޖެ ދަރާފައިވާ ދަރަނި އަލުން އިއާދަކުރުމަށް ނިންމާފައިވާ ގޮތް ބަދަލުކުރަންޖެހޭކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ޗައިނާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ އެގްރީމަންޓަށް މަޖިލީހުން ރުހުން ދޭންޖެހޭނެކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރުމަށް މަޖިލީހުގެ މެންބަރުން މާބޮޑު ޝައުގުވެރިކަމެއް މިވަގުތުހުރިތަން ނުފެންނަކަމަށް ވެސް ވިދާޅުވިއެވެ.#WION Exclusive | 'Maldives-China FTA is dead', says @MohamedNasheed, Speaker of Maldivian Parliament in conversation with @WIONews' @Sidhant pic.twitter.com/3yA2MuaG1M— WION (@WIONews) December 14, 2019
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ