ސަޅި ހުޅުލެ ޕްރޮގްރާމް: 250 ޓަނުގެ ކުނި ނަގައިފި

ހުޅުލެ ސާފުކުރުމަށް ހިންގާ "ސަޅި ހުޅުލެ" ޕްރޮގްރާމްގެ ދަށުން ހުޅުލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. މިއީ މިދިޔަ ސެޕްޓެމްބަރު ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މިިދިޔަ ސެޕްޓްމެމްބަރު މަހު 11 ވަނަ ދުވަހުއެވެ. އެ ޕްރޮގްރާމް އިންތިޒާމް ކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަަލަކު "ސަން" އަށް ވިދާޅުވީ އެ ހަރަކާތް ކުރިއަށް ދިޔައީ މިއަދު ހެނދުނު ނުވަޔަކުން 12 ޖަހަންދެން ކަަމަށެވެ. އެ ހަރަކާތުގައި މިއަދު ވަނީ 250 ޓަނުގެ ކުނި ހުޅުލެއިން ނަގައި ސާފުކޮށްފައެވެ. https://twitter.com/MACLmedia/status/1188032869337165828 އެ ހަރާކާތުގައި އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން ކަސްޓަމްސްއާއި އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން ހެވީ ފޯސް ކުންފުނި އަދި އެއާޕޯޓް ތަރައްގީ ކުރާ ޗައިނާގެ ބީސީޔޫޖީ ކުންފުނީގެ މުވައްޒަފުން ބައިވެރިވި ކަަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. " ބޮޑެތި ޑަމްޕަރާއި ހެވީ ވެހިކަލްތައް ބޭނުންކޮށްގެން މިއަދު މި ސާފުކޮށް ނިންމީ. ކުރިއަށް އޮތް ތަނުގައި ސަޅި ހުޅެލެ ޕްރޮގްރާމްގެ ދަށުން ބާއްވާނަން ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއްވެސް" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ