ރައީސް ޔާމީން ވެކްސިން ޖެއްސެވިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް

5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮވިޑް-19 ދިފާއު ވެކްސިން މިއަދު ޖައްސަވާފައިވާކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ފުލުހުންގެ އެދިވަޑައިގަތުމަކަށް އެ އިދާރާއިން ކުރިއަށް ގެންދާ ތަހުގީގަކަށް ރައީސް ޔާމީން ވަނީ މިއަދު މާލެ ގެނަސްފަ އެވެ. އޭގެ ފަހުން އެމަނިކުފާނު ކްލިނިކަކަށް ގެންދެވީ ކޮވިޑް ވެކްސިން ޖެއްސެވުމަށް ކަމަށާ އަދި މިއަދު އެމަނިކުފާނު ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައި ކަމަށް ބުނެ ހަބަރުތައް ދަނީ ފެތުރެމުންނެވެ.
އިތުރު ތަފްސީލު ނުދެއްވި ނަމަވެސް ކަރެކްޝަންސްގެ އޮފިޝަލަކު ވަނީ ރައީސް ޔާމީން މިއަދު ކޮވިޑް ވެކްސިން ނުޖައްސަވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
މިމަހު 14 ވަނަ ދުވަހު ރައީސް ޔާމީނަށް ވެކްސިން ޖެއްސެވުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި ނަމަވެސް އެދުވަހު ވެކްސިން ޖައްސަވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ