ކުރާ މަސައްކަތް ކާމިޔާބު ނުވާނަމަ މާޔޫސް ނުވެ އެނޫން މަސައްކަތެއް ފަށާށެވެ!: މުފްތީ މެންކް

ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރައްވަވާފައިވަނީ އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމަށެވެ. އެކަމަކީ ދެއްވަވަން އިރާދައިގައި އޮތް ކަމެއް ނަމަ ދެއްވަވާނެ ކަމަށެވެ. އަދި އެކަމެއް ހިންމަވައި ނުދެއްވަވާނަމަ ފައިދާކުރާނެ އެހެން ދޮރުތައް ﷲ ތަޢާލާ ހުޅުއްވަވައި ދެއްވަވާނެ ކަމަށެވެ! 
ބައެއް މީހުން ދިރިއުޅެން ތަފާތު މަސައްކަތްތައް ކުރަން ފަށައެވެ. ނަމަވެސް ފޭލްވެ ބޮޑެތި ގެއްލުންތައް ލިބި ބަނގުރޫޓުވެސް ވެއެވެ. ނަމަވެސް 5 ވަނަ ނުވަތަ 6 ވަނައަށް ފަށާ މަސައްކަތުގައި ކާމިޔާބާއި ކުރިއެރުން ލިބި މަލްޓިމިލިއަނަރުންނަށް އެބަ ވެއެވެ. 
މިކަމުންވެސް އެނގިގެންދަނީ ކުރިން ކުރެވުނު މަސައްކަތްތައް އެއީ އޭނާއަށް އެންމެފައިދާހުރި މަސައްކަތްތައް ނޫން ކަމެވެ. މާޔޫސްނުވެ ހިތްވަރުކުރުމުން ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވާކަމެވެ. ހެޔޮ ގޮތްތައް މިނަވަރު ކުރައްވަވާ ކަމެވެ! 
ދުނިޔޭގެ ކާމިޔާބު މިލިއަނަރުންނަށް ބަލާށެވެ! މަދުމީހަކަށް ނޫނީ ޙަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ބޮޑެތި ގެއްލުންތައް ލިބިފައިވާނެއެވެ! ނަމަވެސް އެމީހުން އުންމީދު ކަނޑާނުލައި މަސައްކަތްކުރީތީ އެމީހުންނަށް އެވަނީ ކުރިއެރުން ލިބިފައެވެ. 
ވީމާ އަހަރެމެންނަށް އޮތީ ކުރާ މަސައްކަތް ކާމިޔާބު ނުވާނަމަ ވެސް ކަންބޮޑު ނުވެ އެނޫން މަސައްކަތެއް ކުރަން ހިތްވަރުކުރުމެވެ! ނުވަތަ މަސައްކަތްކުރާ ގޮތް ބަދަލުކޮށް އެނޫން ގޮތަކުން މކުރިއަށް ދާން މަސައްކަތްކުރުމެވެ! ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅަށް އަމަލުކުރަން މަސައްކަތްކުރުމެވެ! 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ