އިތުރު 200 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފުރުވާލައިފި

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު އެނބުރި ގައުމަށް ފުރުވާލައިފިއެވެ.
މިހާތަނަށް ގަވާއިދާއި ހިލާފަށް ދިރިއުޅޭ 1،000 މީހަކު ވަނީ އެނބުރި ގައުމަށް ފޮނުވާލައިފައެވެ. މިއަދު ފޮނުވާލި މީހުން ފޮނުވާލީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެެވެ. މީގެކުރިންވެސް މޯލްޑިވިއަންގެ ފްލައިޓެއް ވަނީ ބަންގްލަދޭޝް މީހުން ގޮވައިގެން ގޮސްފައެވެ. އަދި ބަންގްލަދޭޝްގެ އެއާލައިނެއްގެ ފްލައިޓެއްގައި ވެސް ވަނީ ބަޔަކު ގެންގޮސްފައެވެ. މީގެ އިތުރުން އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝް މީހުން ގެންގޮސްފައިވެއެވެ.
ސައްހަ ލިޔެކިޔުން ނެތް 63،000 އެއްހާ ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި 5،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ