ލަންކާގެ އާންމު ތަންތަނުގައި މާސްކު ނާޅައި އުޅުނު 1200 މީހުން ކަރަންޓީނު ކޮށްފި

ލަންކާގެ އާންމު ތަންތަނުގައި މާސްކު ނާޅައި އުޅުނު 1200 މީހުން ކަރަންޓީނު ކޮށްފިއެވެ.
ލަންކާގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް އެގައުމުގައި އަޅާފައިވާ ހަރުކަށި ފިޔަފަޅުތަކަށް ލުއިދީ ގައުމު ހުޅުވާލާފައި ވާއިރު އެންމެންގެ ސަލާމަތަށްޓަކައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ވައިރަސް އިތުރަށް ފެތުރިގެން ގޮސްދާނެކަމުގެ ބިރު އޮތުމާއެކު ލަންކާގައި ވަނީ އާންމު ތަންތަނުގައި މީހުން އެއްވެ އުޅުމުގައި ސަމާލުވުމަށް އެދިފައެެވެ.
އެގޮތުން އާންމު ތަންތަނުގައި މާސްކު ނާޅާ އުޅޭ މީހުން ސެލްފް ކަރަންޓީނަށް ދާން ޖެހޭނެކަމަށް ނިންމައި އެކަން ވަނީ ކުރިޔާލައި އިއުލާންވެސް ކޮށްފައެވެ.
ލަންކާ ފުލުހުންގެ އިންޒާރާއެކު އެގައުމުގައި ވަނީ އާންމުތަންތަނުގައި މާސްކު ނާޅައި އުޅޭ މީހުންގެ މައުލޫމާތު ހޯދައި އެދުވަހުން ފެށިގެން 14ދުވަހުގެ މުއްދަތަކަށް ސެލްފް ކަރަންޓީނު ކުރުމުގެ މަސައްކަތް ފަށައިފައެވެ.
މިހާތަނަށް 1200 މީހަކު މި ގަވާއިދާ ހިލާފުވެގެން ކަރަންޓީނު ކޮށްފައި ވެއެވެ.
ލަންކާ ފުލުހުންވަނީ ސިއްހީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ މީހުންނާ މެދު ގާނުނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ