ބީއެމްއެލް އޭޓީއެމުން ފައިސާ ލިބޭނީ މެޝިނުން ކާޑު ނެގުމުން

ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނަގަން ކާޑު ޖެހުމަށް ފަހު، ހަނދާން ނެތިގެން ކާޑު ބާއްވާފައި ދެވޭ މައްސަލަ އަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މެޝިނުން ކާޑު ނެގުމުން ނޫނީ ފައިސާ ނާންނަ ގޮތަށް ހަދައިފި އެވެ.
މިހާތަނަށް މެޝިނުތައް ޕްރޮގްރާމްކޮށްފައި ހުރީ، މުޅި ޓްރާންސެކްޝަން ފުރިހަމަވެ ފައިސާ އައުމުން ނޫނީ ކާޑު ނުނެގޭ ގޮތަށެވެ. މިގޮތަށް ހުރުމުން، ފައިސާ ނެގުމަށް ފަހު މެޝިނުގައި ކާޑު ބާއްވާފައި ދެވޭ މައްސަލަ ދިމާވާ ކަމަށް ކަސްޓަމަރުންގެ ފީޑްބެކް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
We have made changes to how you use your card at our ATMs for Cash Withdrawals. Taking into consideration customer feedback regarding forgotten and misplaced cards, this change ensures that cash will be dispensed only after the card is removed. pic.twitter.com/gFzGkJFjzV— Bank of Maldives (@bankofmaldives) June 25, 2020
އަލަށް ގެނައި ބަދަލު ބީއެމްއެލްއިން އިއުލާން ކުރުންކާޑު ބާއްވާފައި ދެވިއްޖެ ނަމަ، އެ ކާޑު ދެން ފެންނަ މީހަކަށް ކާޑުގެ ޕިން ނަންބަރު ނޭނގުނު ކަމުގައި ވިޔަސް ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަންތައް ހެދުން ފަދަ ކަންކަން ކުރަން ފުރުސަތު އޮވެ އެވެ. އެހެންވެ، ގެއްލޭ ކާޑެއް އަލުން ފެނުނު ކަމުގައި ވިޔަސް ރައްކާތެރިކަމަށްޓަކައި ޖެހެނީ ކާޑު އަލުން ހަދާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ