އެއާޕޯޓުގެ ޓްރެފިކްގައި އާ ރެކޯޑެއް

މި މަހުގެ އެއްވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާކްރާފްޓް މޫމްމަންޓް ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މި މަހުގެ އެއްވަނަ ދުވަހު އެ އެއާޕޯޓުގައި 226 ފްލައިޓް މޫވްމަންޓް ރެކޯޑްކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ 102 ފްލައިޓާއި ޑޮމެސްޓިކް 121 ފްލައިޓު އަދި އެޑްހޮކް ނުވަތަ ޝެޑިއުލް ނޫން ތިން ފްލައިޓެއް ހިމެނެ އެވެ.
މީގެ ކުރިން އެއާކްރާފްޓް މޫމްމަންޓްތަކުގެ އަދަދު އެންމެ ގިނައިން ރެކޯޑްކުރެވިފައިވަނީ މިިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ 219 އެވެ.
ރަންވޭ އަށް މަތިންދާބޯޓެއް ޖެއްސުމާއި ފުރުމަކީ ވެސް އެއާކްރާފްޓް މޫމްމަންޓެކެވެ.
On 1st December 2019, we had new record on runway movements @VelanaAirportInternational 102Domestic 121AD-Hoc 3Total 226Previous record was 219 movements. pic.twitter.com/UzTcXLq86e— MACL (@MACLmedia) December 2, 2019
އެމްއޭސީއެލުން ކޮށްފައިވާ ޓްވީޓު--ޑިސެމްބަރު މަހަކީ އާންމުކޮށް އެއާޕޯޓުގައި ފްލައިޓް ހަރަކާތްތައް އިތުރުވާ މަހެކެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތައް އިތުރުވާއިރު ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ބައިނަލްއަގުވާމީ ދަތުރުތައް އިތުރުވެ އެވެ.
ރާއްޖެ އަށް އަންނަ ފްލައިޓުތައް އިތުރު ކުރުމުގެ ގޮތުން އެއާޕޯޓުގައި މިހާރު ވަނީ އާ ރަންވޭއެއް ވެސް ތަރައްގީކޮށްފަ އެވެ. އަދި އާ ޕެސެންޖާ ޓާމިނަލުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ