ދައުވާކުރަން ނުކެރޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ކުރީގެ ރައީސް ކެނެރީގޭ މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ދެކޮޅަށް ކޯޓްގައި ދައުވާ ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި އެކަން ކޮށްފާނެތީ ޖެހިލުމެއްވެސް ނުވާ ކަމުގައި ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަކަށް ފަހު މިއަދު މެންދުރު މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ނަޝީދު ވިދާޅުވީ އެފަދަ ދައުވާތަކެއް ކޮށްފިނަމަ ބައިނަލްއަގުވާމީ ދުނިޔެ ދެކޭނީ އެއީ ސިޔާސީގޮތުން ކުރެވޭ ދައުވާތަކެއްގެ ގޮތުގައި ކަމަށާއި އެ ނޫން ގޮތަކަށް ދެކެން ވަރަށް ދަތިވާނެ ކަމުގައެވެ. ދައުވާތައް އުފުލުމުގެ ވާހަކައަކީ ސަރުކާރަށް ތާއީދުކުރާ ވަކި ބައެއް ބޭނުންވެގެން ދައްކާ ވާހަކަ ތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެ އަށް އަލްގައިދާ އިން ހަމަލާދީފާނެ ކަމުގެ ބިރުއޮތް ކަމަށް ވިދާޅުވުމަކީ ރާއްޖޭގެ އިގްތިސާދަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ ގިނިކާމާދޫނި ފިލަން ހަދާގޮތް ހެދީމާ އޭގެއިން ދިވެހިރާއްޖެ އަށް އަދި ރައްޔިތުންނަށް ރަނގަޅެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ