ޓޫރިޒަމް މިނިސަޓަރ ބ. އަދި ށ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބ.އަތޮޅު އަދި ށ.އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.
މިނިސްޓްރީން ކުރަމުން އަންނަ ސިލްސިލާ ދަތުރުތަކުގެ ތެރެއިން މާޅޮސްމަޑުލު ދެކުނުބުރީ އަދި މިލަދުންމަޑުލު އުތުރުބުރިއަށް މިނިސްޓަރު އަލީ ވަހީދު ކުރައްވާ އެ ދަތުރުފުޅަކީ 2019 ޖުލައި 23 އިން 24 އަށް ދަތުރުފުޅެކެވެ.
މި ސިލްސިލާ ދަތުރުތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށާއި އެ ރަށްތަކުގައި ގެސަޓްހައުސްގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރަށު ކައުންސިލަތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް އަދި މި ވިޔަފާރީގެ އެންމެހާ މަސްލަހަތުވެރިންނާ ބައްދަލުކުރުމަށް މިނިސްޓްރީން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ދަތުރުތަކެއް ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓްގައި ބުނެފައިވެއެވެ.
މި ދަތުރުގައި ބ.ތުޅާދޫ އަދި ށ.ކަނޑިތީމަށް މިނިސްޓަރ ޒިޔާރާތް ކުރައްވާނެއެވެ. މި ދަތުރުގެ މަގްސަދަކީ މި އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ބޭނުންވާ ހިޔާލު ހޯދުންކަމުގައިވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން މި ރަށް ރށްތަކުގެ ކައުންސިލާއި މަސްލަހަތުވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ށ.ކަނޑިތީމުގައި ލޯކަލް ޓޫރިޒަމް ތައާރަފް ކުރުމުގެ ގޮތުން ހުޅުވޭ އެންމެ ފުރަތަމަ ގެސަޓްހައުސް ވެސް މި ދަތުރުފުޅުގައި މިނިސްޓަރު އިފްތިތާހުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅާއެކު 17 ނޮވެމްބަރ 2018 ގައި އާ ސަރުކާރު ހަވާލުވީ ފަހުން ޓޫރިޒަމް މިނިސަޓަރ ރާއްޖޭގެ 50 ރަށަށް އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރެވުނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ