ރައީސް ޔާމީން ދޫކޮށްލަން ޤާސިމް ގޮވާލައްވައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި ނުބަހައްޓަވައި އެމަނިކުފާނު ދޫކޮށްލެއްވުމަށް ސަރުކާރު ކޯލީޝަންގެ އެއްބައިވެރި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް މިރޭ ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޖުމްހޫރީޕާޓީ (ޖޭޕީ) ފަރާތުން ހެންވޭރު އުތުރަށް ވާދަކުރައްވާ ކެންޑިޑޭޓު އަލްހާން ފަހުމީގެ ކެޕްމޭން ރަސްމީކޮށް އިފްތިތާހު ކުރުމަށް ކުޑަހެންވޭރު ދަނޑު ސަރަހައްދުައި މިރޭ ބޭއްވި ހަފްލާގައި ޤާސިމް ވިދާޅުވީ ޔާމީން ބަހައްޓަވާފައިވަނީ "ވާނުވާގައި" ކަމަށެވެ. އެގޮތަށް ބެހެއްޓެވުމުގެ ބަދަލުގައި އެމަނިކުފާނު ދޫކޮށްލެއްވުމަށް ޤާސިމް ސަރުކާރަށް ގޮވައިލެއްވިއެވެ.
ވަނުވާގައި ބެހެއްޓެވުމަކީ ޤާސިމް ވިދާޅުވި ގޮތުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓެވުމެވެ. ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނޯ ލޯންޑަރިންގެ މައްސަލައިގެ ތުހުމަތުގައި އެމަނިކުފާނުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަވައިފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ޝަރީޢަތް އަދި ފަށައިފައެއް ވެސް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ