ހުޅުލެއާއި ހުޅުމާލެ ގުޅައިދޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުލެއާއި ހުޅުމާލެ ގުޅައިދޭ ހައިވޭގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ރޭ މެންދަމު މިއެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ދެ މީހުން ތިބި ކަމަށާއި އެކަމަކު އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ތިބީ 24 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ ކާރު ދުއްވަން އިން 24 އަހަރުގެ މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށެވެ.
ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ކާރު ކޮންޓްރޯލް ނުކުރެވުމާ ގުޅިގެން ކަހާލައިގެން ގޮސް ކާރު ހުއްޓިފައިވަނީ ހައިވޭގެ ދުވާރުމަތިން ބޭރު ތޮށިގަނޑު ކައިރިއަށެވެ.
މިކާރު ކޮންޓްރޯލް ނުވެ ފުރަތަމަ ޖެހުނީ ހޮޅިދަނޑިއެއްގައި ކަމަށާއި އޭގެ ފަހުން ހައިވޭގައި ހުރި ފެންސެއްގައި ޖެހި ފެންސަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފަ އެވެ.
ކާރު ކޮންޓްރޯލްވިއިރު އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ހުޅުލެއާއި ހުޅުމާލެ ގުޅައިދޭ ހައިވޭގައި ރޭ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ގިނަވަމުންދާއިރު މިފަދަ އެކްސިޑެންޓްތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދަނީ ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ