ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލްކުރި ރިސޯޓްތަކަށް ލައިސަންސް ދީފި

ރިސޯޓް ހިންގުމަށް ޓޫރިޒަމު މިނިސްޓްރީގެ ގަވައިދުގައި ބުނެފައިވާ ގޮތާ އެއްގޮތަށް ރިސޯޓް ނުހިންގުމުން ލައިސަންސް ހިފާއްޓާފައިވާ ރިސޯޓުތަކުގެ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން އަލުން ދޫކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލައިސަންސް ހިފާއްޓާފައިވާ ރިސޯޓްތަކަށް ޝަރުތުތަކެއް ކުރުމަށްފަހު އެއްބަސްވުންތަކުގައި އަލުން ސޮއިކޮށްފައިވާނެ ކަމަށެވެ. އަދި މި ރިސޯޓްތައް އަލުން ހިންގުމުގެ ހުއްދަ އެފަރާތްތަކަށް ދީފައިވާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީއާ ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލް ކުރި ރިސޯޓްތަކާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުން ހުއްދަ ބާތިލްކުރުމަށްފަހު އަލުން ހުއްދަ ދީފައިވާ ރިސޯޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހެ އެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ކަންތައްތައް ނިންމަންޖެހޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދިވެހި އަދި ބިދޭސީ މުވައްޒަފުން ރިސޯޓުގެ ވަޒީފާތަކުގައި ގެންގުޅުމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. މީގެ އިތުރުން ރިސޯޓުގެ ސަލާމަތީ ކަންކަން ހުންނަންޖެހޭ ގަވއިދާ އެއްގޮތަށް ސަލާމަތީ ކަންކަން ބެހެއްޓުމަށް ޝަރުތުކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ިެރިސޯޓް ހިންގުމުގެ ގައިވައިދާ އެއްގޮތަށް ރިސޯޓް ނުހިންގުމުގެ ސަބަބުން ރިސޯޓް ހިންގުން ބާތިލް ކުރި ރިސޯޓްތަކަށް އަލުން ހުއްދަ ދީފައިވީ ނަމަވެސް މިރިސޯޓްތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ