ވާވޭ ޕީ30 ޕްރޯގައި މާ ވަރުގަދަ ކެމެރާއެއް

ވާވޭގެ ޕީ 30 ޕްރޯ އިއުލާނުކޮށް، ލޯންޗު ކުރުމުގެ ކުރިން އެ ފޯނުގެ ވާހަކަތައް ލީކު ކޮށްލައިފި އެވެ. ފޯނުގެ ފޮޓޯތަކާ އެކު ލީކު ކޮށްލި މައުލޫމާތު ތަކުގައިވާ ގޮތުން ވާވޭގެ އާ ފޯނުގެ ކެމެރާ އަކީ 10 ގުނަ އަށް ޒޫމް ކޮށްލެވޭނެ ކެމެރާއެކެވެ. ބެކް ކެމެރާގެ ގޮތުގައި ތިން ކެމެރާ ހިމަނާފައިވާއިރު މެއިން ލެންސަކީ 40 މެގަޕިކްސެލްގެ ކެމެރާއެކެވެ. ދެން ހިމެނެނީ ވައިޑް ލެންސްގެ އިތުރުން ފޮޓޯގެ އިންޑެޕްޓް ކެޕްޗާ ކުރާނެ ހާއްސަ ލެންސެކެވެ. މި ފޯނުގައި ޓިއާ ޑްރޮޕް ނޮޗް އެއް ހިމަނާފައިވާ އިރު މިއީ ވާވޭގެ މިހާރު ހުރި ފޯނުތަކަށް ވުރެ ބޮޑު ފޯނަކަށް ވާނެ އެވެ. ޕީ30 ޕްރޯގައި 6.47 އިންޗި ހުންނާނެ ކަމަށް ބެލެވެ އެވެ. ޕީ20 ޕްރޯގައި ހިމެނީ އައިއާރު ސެންސާ މި ފޯނުގައި ހިމަނާފައެއް ނުވެ އެވެ. އިން ސްކްރީން ފިންގާ ޕްރިންޓް ސްކޭނަރެއްގެ އިތުރުން ބަޔޯމެޓްރިކް ސެކިޔުރިޓީ އޮޕްޝަން ވެސް މިފޯނުގައި ހިމަނާފައިވާނެ ކަމަށްވެ އެވެ. މި ފޯނުގައި ހިމަނާފައި ވަނީ ވާވޭގެ ކިރިން 980 އޮކްޓާ ކޯ ޗިޕްސެޓެކެވެ. އަށް ޖީބީގެ ރެމްއަކާއި 128 ޖީބީގެ އިތުރުން 256 ޖީބީ އަދި 512 ޖީބީގެ ސްޓޯރޭޖު ހިމެނޭ ފޯނުތައް ނެރޭނެ އެވެ. މި ފޯނަކީ 5ޖީ ސަޕޯޓު ކުރާނެ ފޯނެކެވެ. ޕީ30 ޕްރޯ އާއި ޕީ30 ސީޒީޒްގެ އެހެން ފޯނުތަކުގެ ވާހަކަތައް އާންމު ކުރާނީ މިމަހުގެ 26 ހިސާބުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ