އޮންލައިން ވިޔަފާރިތަކުން ދައުލަތަށް ފައިސާ ލިބޭ ގޮތް ހަދަނީ

އޮންލައިން ވިޔަފާރިތަކުން ދައުލަތަށް ފައިސާ ލިބޭ ގޮތް ހަދަން ތައްޔާރުވެއްޖެއެވެ.
ސަރުކާރު ފަރާތުން ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ގާނޫނަށް ގެނައުމަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ގާނޫނަށް ގެންނަ އާ އިސްލާހާއެކު މީސް މީޑިއާތަކާއި އެހެނިހެން ޕްލެޓް ފޯމްތަކުގައި އޮންލައިންކޮށް ކުރާ ވިޔަފާރިތައް ވެސް ރަޖިސްޓާ ކުރަން ޖެހޭނެ ކަމަށެވެ.
" އާ ބިލުގެ ބޭނުމަކީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިތައް ރަޖިސްޓަރީ ކުރުން މިހާރު ކުރާ ވިޔަފާރިތަކުގެ ތެރެއިން ދައުލަތުގައި ރަޖިސްޓާކޮށް ހިންގަނީ މަދު ވިޔަފާރިތަކެއް އެގޮތުން ފިހާރަތަކާއި ކެންޓީންތައް ހިންގަން ރަޖިސްޓަރީ ކުރަން ޖެހޭ ނަމަވެސް ގަރާޖާއި ޓިއުޝަން ކްލާސްތައް ފަދަ ތަންތަން ރަޖިސްޓަތީ ކުރަން ލާޒިމްކޮށްފައި ނުވޭ " މިނިސްޓަރ ވިދާޅުވިއެވެ
އާ ބިލުން ވިޔަފާރިތައް ރަޖިސްޓާ ކުރުމުގައި ފަސޭހަވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ފައްޔާޒު ވިދާޅުވީ އޮންލައިންކޮށް ކުރާ ވިޔަފާތިތައް ރަޖިސްޓާ ކުރަން ވެސް މަޖުބޫރުވާނެ ކަމަށާއި އޮންލައިން ވިޔަފާރިގެ ކަންތައް ފާހަގަ ކުރެވޭތީ ބިލު ފާސްވުމުން އެފަދަ ވިޔަފާރިތައް ވެސް ރަޖިސްޓާ ކުރަން މަޖުބޫރު ވެގެން ދާނެ ކަމަށެވެ.
" ކުންފުންޏަކުން ރަޖިސްޓާކޮށްފައި ހޮޓަލެއް ހިންގަނީ. އަޅުގަނޑުމެންގެ ހުއްދައެއް އަލުން ނަގާކަށް ނުޖެހޭނެ 200 ރުފިޔާ މަހު ފީ ދައްކާކަށް ނުޖެހޭނެ ,ވަކި ކުންފުންޏެއް ރަޖިސްޓަރޫ ކޮށްފައި ވާނަމަ އެ އެސްޓެބްލިޝަމަންޓުން ހިންގާ އިތުރު ކަންކަން ވަކިން ރަޖިސްޓާ ކުރަން ނުޖެހޭނެ އެއާއެކު މަހުން މަހަށް ދައްކަން ޖެހޭ ފީ ވެސް ދައްކާކަށް ނުޖެހޭނެ " ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ބޭނުންވަނީ އެ ބޭފުޅުން މަސައްކަތްކޮށްފައި ފައިދާ ހޯދަފައި ޓެކްސް ސަރުކާރަށް ދެއްކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ