ޓޫރިޒަމް މިނިސްޓަރު ދެ އަތޮޅަކަށް ދަތުރު ކުރައްވަނީ

ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރވުމުގެ ސިޔާސަތު ބައްޓަން ކުރުމުގައި އެކި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ޓޫރިޒަމް މިނިސްޓަރު ދެ އަތޮޅަކަށް ދަތުރު ފައްޓަވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ބ. ތުޅާދޫ އާއި ށ. ކަނޑިތީމަށް މިއަދާއި މާދަމާ ކުރައްވާ ދަތުރުގައި އެ ރަށްތަކުގެ ކައުންސިލަރުންނާއި، ގެސްޓް ހައުސް ވިޔަފާރިއާ ގުޅުން ހުރި ފަރާތްތަކާއި މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ށ. ކަނޑިތީމުގައި ހުޅުވާ ފުރަތަމަ ގެސްޓު ހައުސް މި ދަތުރުގައި މިނިސްޓަރު އަލީ ވަހީދު ހުޅުއްވައި ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
މިއީ މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ކުރިއަރުވަން ހުރި ގޮންޖެހުންތައް ދެނެގަތުމަށާއި، އެ ރަށްރަށުގައި ގެސްޓު ހައުސް ވިޔަފާރި ފުޅާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިނިސްޓަރު ރާއްޖެ ތެރެއަށް ކުރައްވާ ސިލްސިލާ ދަތުރުގެ ބަޔެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ