މާލޭގައި ހުންނަ ރެސްޓޯރެންޓެއްގެ ފައިސާ ވަތްގަނޑު ވަގަށްނަގައިފި

ގްރީން ބެލް ރެސްޓޯރަންޓުގެ ކައުންޓަރުގައި ހުރި ފައިސާ ވަތްގަނޑު ފައިސާތަކާއި އެކު މިއަދު ވަގަށް ގެންގޮސްފިއެވެ.
ގްރީން ބެލް ރެސްޓޯރެންޓަކީ ފަރީދީ މަގުން އެމްއެޗްއޭ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުންނަ ތަނެކެވެ.
ފައިސާ ވަތްގަނޑު ބަޔަކު ވަގަށް ގެންދިޔައިރު ފައިސާ ވަތްގަޑުގައި ގާތްގަނޑަކަށް 5،000ރ. ހުންނާނެ ކަމަށް ގްރީން ބެލް އިން މައުލޫމާތު ދީފައިވެއެވެ.
ގްރީން ބެލް ރެސްޓޯރަންޓުން ވައްކަން ކުރާ މަންޒަރު ފެންނަ ސީސީ ޓީވީ ފުޓޭޖެއް ވެސް އެ ރެސްޓޯރަންޓްގެ މީސް މީޑިއާ އެކައުންޓުތަކުން ކުރިން އާންމުކުރި އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ފައިސާތައް ވަގަށް ނަގާ މީހުން ތިބީ މޫނު ވެސް ފެންނަ ގޮތަކަށެވެ. ވަތްގަނޑު ވަގަށް ނެގި އިރު ރެސްޓޯރަންޓުގެ އެއްވެސް މުވައްޒަފަކު ކައުންޓަރު ކައިރީގައި ނެތެވެ.
މީސް މީޑިއާ އެކައުންޓްތަކުން އާއްމު ކުރި ވީޑިއޯ ފަހުން ވަނީ ރިމޫވް ކޮށްފައެވެ.
ފާއިތުވި ތިން މަސް ދުވަސް ތެރޭގައި މާލޭގައި ވަނީ ފޭރުމާއި ވައްކަން މީން ދުވަހަކު އިތުރު ނުވާ މިންވަރަށް އިތުރުވެފައެވެ. ބޮޑެތި ފޭރުންތަކުގައި ފާއިތުވި ތިން މަސް ދުވަސް ތެރޭގައި ވަނީ ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައެވެ. އޭގެތެރެއިން ފުލުހުންނަށް އަތުވީ އެންމެ ހައެއްކަލައްކަ ރުފިޔާ އެވެ.
ގިނަ އަދަދެއްގެ ފައިސާ ފޭރުމުގެ އިތުރުން މަދުން ރުފިޔާ ގެންގުޅޭ މީހުންނަށް ހަމަލާ ދިނުމަށް ފަހު އެމީހުންގެ އަތުން ފޭރުން ވެސް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ