ޝަހީދު އަލީ ގޯޅި އަކީ ދުއްވާ އެއްޗެހި ވަނުން މަނާ ހިނގާފައި އުޅޭ ގޯޅިއެއްގެ ގޮތުގައި މިރެއިން ފެށިގެން ހަމަޖައްސައިފިއެވެ.
މިރޭ ޝަހީދު އަލީ ގޯޅި އަކީ ހިނގާފައި އުޅޭ ގޯޅިއެއްގެ ގޮތުގައި ހަމަޖެއްސުން ޝަރަފްވެރި ކޮށްދެއްވީ އެކަމަށްޓަކައި އެގޯޅީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވާރްމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް އެވެ.
މީގެ ކުރިން ވެސް ސަރުކާރުން ވަނީ މާލޭގެ ދެގޯޅިއެއްގައި ހިނގާފައި އުޅޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅުއްވަައިފައެވެ. އެއީ ގުލް އަލާ ގޯޅި އާއި އެނބޫ ގޯޅިއެވެ. ޝަހީދު އަލީ ގޯޅި ހިނގާފައި އުޅޭ ސަރަހައްދަކަށް ބަދަލުކޮށްފައިވަނީ އެސަރަހައްދުގެ ރައްޔިތުންގެ އެދުމުގެ މަތިންކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރ އަބްދުﷲ ރިފާޢު ވިދާޅުވީ މިސަރުކާރުން މާފަންނުގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި، މިއީ ވެސް އެކަމުގެ ތެރެއަށް އިތުރުވި ބޮޅެއްކަމުގައެވެ. އަދި ޝަހީދުއަލީ ގޯޅި ހިނގާފައިއުޅޭ ސަރަހައްދަކަށް ބަދަލުކުރެވުމުން އެސަރަޖައްދުގައި ދިރިއުޅޭ އާންމުންނަށާއި ކުޑަކުދިންނަށް ބޮޑެތި ފަސޭހަތަކާއި ހިތްހަމަޖެހުންތައް ލިބިގެންދާނެކަމަށް ރިފާޢު ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިސަރުކާރުން ތަރަައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުން އަންނަކަމަށެވެ. މާލެއަކީ އޭޝިއާ ސަރަހައްދުގެ ބޮޑު "ވައިބްރަންޓް" ސިޓީ އެއްގެ ގޮތުގައި ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ވައިބްރަންޓް ސިޓީ ތަކުގައި ރަނގަޅު ކަންތަކާއި ނުރަނގަޅު ކަންތައް ހުންނާނެކަމަށެވެ.
މިގޮތަށް ހިނގާފައި އުޅޭ ސަރަހައްދުތައް ޤާއިމް ކުރެވުމުން އިޖްތިމާއީ ގުޅުން ރަނގަޅުވާކަން ފާހަގަކުރައްވާ މިނިސްޓަރ ތާރިޤް ވިދާޅުވީ އިޖްތިމާޢީ ގުޅުން ހަރުދަނާ ކުރެވުމުން ނުރަނގަޅުކަންތައް ފިލައިގެން ދާނެކަމަށެވެ.
ޝަހީދު އަލީ ގޯޅީގައި ހިނގާފައި އުޅޭ ގޮތައް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ