ރޯދަމަހު މާލޭ ބާޒާރުގައި ތޮއްޑޫ ކަރަލުގެ އަގު ބޮޑުވެދާނެކަމަށް ރަށު އޮފީހުން ބުނެފި

އަންނަ ރޯދަމަހު މާލޭ ބާޒާރުގައި އއ. ތޮއްޑޫ ކަރަލުގެ އަގު ބޮޑުވެދާނެ ކަމަށް ތޮއްޑޫ ރަށު އޮފީހުން ބުނެފި އެވެ. ރައްޖޭގައި އެންމެ ގިނައިން ކަރާ ވިއްކާ އއ. ތޮއްޑޫ ކަތީބު އަލީ އާދަމް ވިދާޅުވީ ދަނޑުވެރިކަންކުރަން ބޭނުންކުރާ ބައެއް ސާމާނުގެ އަގު މިހާރު ބޮޑުވެފައިވާ ކަމަށެވެ.
"ބައެއް މުޑުވައްތައް ގަންނަން ލިބޭ އަގާއި ގަހުކާނާ އާއި ގަހަށް ޖަހަން ބޭނުންކުރާ ބޭހުގެ އަގު ވެސް އެހެން އަހަރުތަކަށް ވުރެ ބޮޑުވެފައި ވަނީ. އެހެންވީމަ ކަރަލުގެ އަގޮ ބޮޑުވާނެ ކަމަށް ބެލެވޭ،" އާދަމް ވިދާޅުވި އެވެ.
މި ދިޔަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ 15 ގައި ކަރާ ކިލޯއެއް ވިއްކީ އަށް ރުފިޔާ އަށެވެ. އޭގެ ފަހުން އެ އަގު 10ރ. އާއި 12ރ. އަށް ބަދަލުވި އެވެ. އަދި އެ އަށް ފަހު ރޯދަމަސް ނިމުނު އިރު ކަރާ ކިލޯއެއްގެ އަގު 20ރ. އަށް ވެސް އެރި އެވެ.
ތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން މި އަހަރު ރޯދަމަހު ދިވެހި އުފެންދުންތަކުގެ އަގު ވެސް މާލޭ ބާޒާރުގައި ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ