މަރު ކޮމިޝަނުގެ ހިންގާ ގަވާއިދު ގެޒެޓްކޮށްފި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ހިންގާ ގަވާއިދު ގެޒެޓްކޮށްފިއެވެ.
މި ގަވާއިދަކީ ކޮމިޝަނުގެ މަސައްކަތް ހިންގާނެ ގޮތް ބަޔާންކުރުމާ، ކޮމިޝަނުގެ މަސައްކަތް ތަރުތީބު ކުރުމާއި، ކޮމިޝަނުގެ ބައްދަލުވުންތައް ހިންގާނެ ގޮތާއި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ޢަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވާ ގަވާއިދެކެވެ.
މި ގަވާއިދަށް އުނިއިތުރު ގެނައުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. މި ގޮތުން ބަދަލެއް ގެނެވޭނީ، ކޮމިޝަނުގެ ބައްދަލުވުމަކުން ފާސްކޮށް، ކޮމިޝަނުންނެވެ. މި ގަވާއިދަށް ގެނެވޭ ބަދަލަކަށް ޢަމަލުކުރެވޭނީ، އެ ބަދަލެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމަށްފަހު ކަމަށް އެ ގަވާއިދުގަ ބުނެފައިވެއެވެ.
ކޮމިޝަނަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ބާރުތައްބޭނުންކުރުން އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދައުލަތުގެ އެހެން މުއައްސަސާތަކުން ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ހޯދޭނެކަމަށް ގަވާއިދު ބުނެއެވެ.
ކޮމިޝަނަށް ހާޒިރުވާން ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ ކޮމިޓީއަކުން އަންގާ މީހަކު ކޮމިޝަނަށް ނުވަތަ ކޮމިޝަނުގެ ކޮމިޓީއަކަށް ހާޒިރު ނުވެއްޖެ ނަމަ، އެ މީހަކު ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ