ކޮރޯނާ ވައިރަސް އަކީވެސް ﷲ ގެ މަޚްލޫޤެކެވެ! އެ ވައިރަސްގެ މައްޗަށްވެސް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ!: ޑރ.ޝަހީމް

ކޮރޯނާ ވައިރަސް އަކީވެސް ﷲ ގެ މަޚްލޫޤެކެވެ! އެހެންކަމުން އެ ވައިރަސްގެ މައްޗަށްވެސް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ! ވީމާ ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ގިނަގިނައިން އިސްތިޣްފާރުކޮށް ﷲ އަށް ދުޢާކުރާށެވެ! ﷲ އިރާދަ ކުރެއްވެވުމުން މުޞީބާތުން ސަލާމަތްކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ 
ދުނިޔެ މިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ގޮތް ހުސްވެފައެވެ. ރައްޔިތުން ސަލާމަތްކުރަން ކުރެވޭނެ ކަމެއް ނެތިފައެވެ. ބައެއް ޤައުމުތަކުގެ ހޮސްޕިޓަލްތައް މިވަނީ ފުރިފައެވެ. މިޙާލަތުގައި އޮތީ ﷲ ތަޢާލާ އާއި ކުއްތަންވާން ކުރާ މަސައްކަތް އިތުރުކުރުމެވެ. ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ އިސްތީޣްފާރުކުރުން ގިނަކުރުމާއިއެކު ދުޢާކުރުން ގިނަކުރުމެވެ. 
ﷲ ތަޢާލާއަށް ޔަޤީންކަން ބާއްވާށެވެ! އެކަލާނގެ މަގުގައި ސާބިތުވެ ތިބި ބައަކަށް އެކަލާނގެ ދެރަގޮތެއް އިރާދަ ނުކުރައްވަވާނެތެވެ! އެކަމުގެ ޔަޤީންކަމުގައި ތިބެ ދުޢާކޮށް ﷲ ތަޢާލާގެ ޙަޟްރަތުން މަދަދު އެދެމުން ގެންދާށެވެ! ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ! 
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ