ޗައިނާ އަށް ދަރަނި ނުދެއްކި ނަމަ ރާއްޖޭގެ ބިން ގެއްލިދާނެ - ނަޝީދު

ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ޗައިނާއަށް ދަރާފައިވާ ދަރަނި އަދާނުކުރެވިއްޖެނަމަ ރާއްޖޭގެ ބިމާއި މިނިވަންކަން ގެއްލިދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
ރާއްޖޭގެ ހަރުމުދާ މި ސަރުކާރުން ވިއްކާލައި އިގްތިސާދު ނަގާލުމާއި ގުޅޭގޮތުން ޕީޕީއެމްއިން ބޭއްވި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއަށް ދަރާފައިވާ 4.2 ބިލިޔަނަށްވުރެ ގިނަ ފައިސާ ދައުލަތުން ދައްކަން ޖެހޭ ކަމަށެވެ.
"ޗައިނާ އަށް މި ދަރަނި ނުދެއްކުނީމަ ދެން އެދޭނީ ޕްރޮޖެކްޓްތަކުގެ ހިއްސާ ދިނުމަށް އަދި މި ހިއްސާއާއި އެކު ދިވެހިންގެ ބިމާއި މިނިވަންކަން ގެެއްލިދާނެ" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަަށް ވިދާޅުވީ މި ސަރުކާރުން އެ ދަރަނި ދެއްކުމަށްޓަކައި ހިންގަވާ ހަރުދަނާ މާލީ އަދި އިގްތިސާދީ ސިޔާސަތުތަަކަށް ހުރަސްއެޅުމުގެ ޖާގަ ދެވިގެން ނުވާނެކަމަށެވެ.
ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާ ވަރަށް ޗައިނާގެ ދަރަނި ބޮޑުވެފައިވާ ކަމަށް ނަޝީދު މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
ރައީސް ޔާމީނުގެ ސަރުކާރަށް ޗައިނާއިން ބޮޑެތި ލޯންތައް ދީފައިވަނީ އެ ފައިސާ އަނބުރާ ނުދެއްކުމުން އެ ގައުމުން ބުނިހާ ގޮތެއް ހަދަން ޖެހޭ ގޮތަށް ހެދުމަށް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ