ބޮމުގެ ހަމަލާތަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި އެވެ.
ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ލަންކާގެ އެކި ތަންތަނުގައި މިދިޔަ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
ރައީސް އޮފީހުން ބުނީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުން ރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުފަހުން ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދިން ނުރައްކާތެރި އެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކޮށް، ދަނީ ތަހުގީގު ހިންގަމުންނެވެ. އެ ހަމަލާއަށް ފަހު، މުޅި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށް، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން ސަލާމަތީ ބާރުތަކަށް ލިބޭ ހުރިހާ އިހްތިޔާރުތަކެއް ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ