ކެޓްރީނާ ކޮސްމެޓިކް ލޭބަލެއް ނެރެނީ

ބީ ޓައުންގެ މަގްބޫލު ޑީވާ ކެޓްރީނާ ކައިފް އޭނާގެ އަމިއްލަ ކޮސްމެޓިކް ލައިނެއް ލޯންޗު ކުރަން ނިންމައިފިއެވެ.
މިފާއިތުވި އަހަރުތަކުގައި ގިނަ ތަރިންތަކެއް އަންނަނީ އެކްޓްކުރުމުގެ އިތުރުން އެހެނިހެން ދާއިރާތަކަށްވެސް ވަންނަަމުންނެވެ. އެގޮތުން ޕްރޮޑަޝްކަން ހައުސްތައް ހެދުމާއި ޖިމްތައް ހެދުމާއި އަދި މިނޫންވެސް އެހެން ވިޔަފާރިތަކަށް އެކްޓަރުން އަންނަނީ ވަންނަމުންނެވެ.
ބައިނަލް އަގްވާމީ ތަރިންގެ ތެރޭގައި ހިމެނޭ މެޑޯނާ، ރިހާނާ، ކައިލީ ޖެނާ އަދި ވިކްޓޯރިއާ ބެކަމަކީ ވެސް އެމީހުންގެ އަމިއްލަ ކޮސްމެޓިކް ލޭބަލްތައް އުފައްދައި ކާމިޔާބު ކަމާއެކު އެ ވިޔަފާރި ފުޅާކޮށްފައިވާ ތަރިންނެވެ. ކެޓްރީނާ ވާނީ ކޮސްމެޓިކްގެ ވިޔަފާރިއަށް ވަންނަ ބޮލީވުޑްގެ ފުރަތަމަ ތަރިއަށެވެ.
ކެޓްރީނާ އަކީ ފެޝަނާއި ސްޓައިލަށް ބަލާނަމަ މަގުބޫލު ތަރިއެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ކެޓްރީނާ ކުރަމުން އަންނަނީ އެ ލޭބަލް ލޯންޗުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މިއަހަރު އޮކްޓޯބަރުގައި އެ ކޮސްމެޓިކް ލައިން ލޯންޗު ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
ވަރަށް ފަހުން ދިން އިންޓަވިއުއެއްގައިވެސް ކެޓްރީނާ ވަނީ އަމިއްލައަށް ބިއުޓީގެ ދާއިރާއަށް ވަންނަ ވާހަކަ ހިއްސާކޮށްފައެވެ. މި ލައިން ނެރުމަށް ވަނީ ދެއަހަރު ދުވަސް ވަންދެން މަސައްކަތް ކޮށްފައި ކަމަށާއި ލޯންޗު ކުރާ ވަގުތު ގާތްވަމުން އަންނަ ވަރަކަށް ކެޓްރީނާގެ އެކްސައިޓްމަންޓް ބޮޑުވާކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ